ލަންކާ މުބާރާތުން ތަޒްކިޔާ އަށް ދެވަނަ ރިހި މެޑަލް

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގައި ކުރިއަށްދާ، އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގެ ޖޫނިއާ ކެޓަގަރީގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން އަމްނާ ތަޒްކިޔާ މިރުޞާދު ރިހި މެޑަލް ހޯދައިފިއެވެ.

މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި ފަސް ވަނަ މެޑަލް އެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލްއެކެވެ. ދެވަނައަށް ހޯދާފައިވަނީ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ރިހި މެޑަލް އެކެވެ. ހަމަ މި މުބާރާތުގައި 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އަދި 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައިވެސް ތަޒްކިޔާ ހިމެނެއެވެ.

މިއަހަރުގެ މުބާރާތުގައި އުމުރުން 13 އަހަރުގެ ތަޒްކިޔާ ފަސް މެޑަލް ހޯދާފައިވާއިރު، އޭނާ ވަނީ ގިނަ އަދަދެއްގެ ގައުމީ ރެކޯޑުވެސް އައުކޮށްފަ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ