ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުންވެސް ގައުމީ ޓީމަށް ލޯ މެޑަލް

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި، ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއާ އަންހެޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

ޖޫނިއާ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ލޯ މެޑަލް ހޯދައިދިން ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.

މި އިވެންޓު ފެތުންތެރިން ނިންމާފައިވަނި 02:08.38 އިންނެވެ. މިއީ ޤައުމީ ރެކޯރޑެކެވެ. މި މުބާރާތުގައި މިޓީމުން ވަނީ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުންވެސް ލޯ މެޑަލް ހޯދާފައެވެ.

މި މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ދެ މެޑަލް ހޯދާފައިވާއިރު، ތަޒްކިޔާ ވަނީ އިންޑިވިޖުއަލް އިވެންޓުތަކުން ތިން މެޑަލް ހޯދާފަ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ