ހަތަރެއް ގުނަ ފަންސާސް މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިން ޗެމްޕިއަންޝިޕްސް ގައި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއާ އަންހެން ޓީމުން 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފި އެވެ.

މި މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ރެކޯޑް އައުކުރީ 02:08.38 އިން ނިންމައިގެނެވެ. ގައުމީ ރެކޯޑް އައުކުރި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ.

މި ޓީމުން ވަނީ މިމުބާރާތުގެ ޕްލިމިނަރީ ހީޓްގައި ވާދަކޮށް، 02:08.42 އިން ރޭސް ނިންމާފަ އެވެ.

ރާއްޖޭގެ ފެތުންތެރިންގެ މި ޓީމުން ވަނީ މި މުބާރާތުގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދާފަ އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ