200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑު ތަޒްކިޔާ އާކޮށްފި

Advertisement

އެންމެ ފަސް

Advertisement

އަންހެނުންގެ ލޯންގކޯސް 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އާކޮށްފިއެވެ.

ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓު ނިންމާފައިވަނީ 02:49.59 އިންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިރާލް ޢައިން ލަތީފް އެވެ. އެއީ މިއަހަރު ކުރީކޮޅު ޔޫކޭ ގައި ބޭއްވުނު ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 02:50.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިމުބާރާތުގައި ތަޒްކިޔާ ވަނީ 200 މީޓަރ ބެކްސްޓްރޯކް އަދި 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑްވެސް އާކޮށްފައެވެ. މީގެއިތުރުން، ތަޒްކިޔާ ވަނީ މި މުބާރާތުގައި މިހާތަނަށް ތިން މެޑަލް ހޯދާފަ އެވެ. އެއީ ޖޫނިއާ ކެޓަގަރީގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުން ރިހި މެޑައްޔާއި، 100 މީޓަރު ފްރީސްޓައިލް އިވެންޓުން ލޯ މެޑަލް އަދި 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯ މެޑައްޔެވެ.

މިއަހަރުގެ މުބާރާތަކީ އުމުރުން 13 އަހަރުގެ ތަޒްކިޔާ އަށް ކާމިޔާބު މުބާރާތެކެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ