އޮލިމްޕިކްސް 2024: ދުނިޔޭގެ 13 ވަނައިގައި އޮތް، ސިންދޫ އަތުން ނަބާ ބަލިވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސް ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި، އިންޑިއާގެ ޕީވީ ސިންދޫ އާ ވާދަކޮށް ރާއްޖޭގެ ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ (ނަބާ) ބަލިވެއްޖެ އެވެ.

ސިންދޫ އަކީ ދުނިޔޭގެ ވިމެންސް ސިންގަލްސް ރޭންކިންގެ 13 ވަނައިގައި ހިމެނޭ ކުޅުންތެރިޔާ އެވެ. ނަބާ ހިމެނެނީ 111 ވަނައިގަ އެވެ.

މިއަދު ކުޅުނު މެޗުން ސިންދޫ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އޭނާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 21-9 އަދި 21-6 ގެ ނަތީޖާއަކުންނެވެ. ދެ ސެޓުގެވެސް ކުރީކޮޅު، ނަބާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގައި ތަފާތަކަށްވީ ސިންދޫގެ ތަޖުރިބާ އެވެ. އޭނާ ދިޔައީ މަޑުމަޑުން ލީޑު ފުޅާކުރަމުންނެވެ.

ނަބާ އާއި ސިންދޫ ވަނީ 2022 ވަނަ އަަހަރު ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗުންވެސް ސީދާ ދެ ސެޓުން ސިންދޫ މޮޅުވިއިރު، އޭނާ ސެޓުތައް ކާމިޔާބުކުރީ 21-4 އަދި 21-11 އިންނެވެ. ސިންދޫ ވަނީ އެ މުބާރާތުން ރަން މެޑަލް ހޯދާފަ އެވެ.

ސިންދޫ ވަނީ 2016 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ރިހި މެޑަލް، އަދި އެންމެ ފަހުން ޓޯކިޔޯ ގައި ކުރިޔަށްދިޔަ ގޭމްސް އިން ލޯ މެޑަލް ހޯދާފަ އެވެ.

ނަބާ އަކީ ދެ އޮލިމްޕިކްސްއެއްގައި ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އެތުލީޓެވެ. ގުރޫޕް ސްޓޭޖުގައި ނަބާ ދެން ވާދަކުރަން ޖެހޭނީ އެސްޓޯނިއާގެ ކްރިސްޓިން ކޫބާއާ އެވެ.

ޕެރިސް އޮލިމްޕިކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ