އެންޑްރިކް، ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކް، ރެއާލް މެޑްރިޑަށް ސޮއިކޮށް، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލައިފި އެވެ.

އެންޑްރިކް ރެއާލް މެޑްރިޑަށް ގެނައުމަށް އެ ޓީމުން ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު، ބްރެޒިލްގެ ޕަލްމެއިރަސް އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް، އޭނާ އަށް ރަސްމީކޮށް ރެއާލަށް ބަދަލުވެވެން އޮތީ 18 ވަނަ އުފަންދުވަހަށް ފަހު އެވެ. އެއީ މިއަހަރުގެ ޖުލައި މަހު 21 ވަނަ ދުވަހު އެވެ.

ސަންޓިއާގޯ ބާނަބައުގައި މިއަދު ކުރިޔަށް ދިޔަ ރަސްމިއްޔާތުގައި އެންޑްރިކް އާއި އޭނާގެ އާއިލާ ވަނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހިފަ އެވެ. އެންޑްްރިކް ބުނީ، ރެއާލް މެޑްރިޑަށް ކުޅުމަކީ އޭނާ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އޭނާ އަކީ ކުޑައިރުއްސުރެ ރެއާލް މެޑްރިޑުގެ ސަޕޯޓަރެއް ކަމަށާއި، މިއަދު އެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާ ކަމަށް ބުންޏެވެ.

އެންޑްރިކް އިތުރަށް ބުނީ، އޭނާގެ އާއިލާވެސް ތިބީ ނުހަނު އުފަލުން ކަމަށެވެ. އަދި މިހާ ގިނަ ސަޕޯޓަރުން އަންނާނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ބުންޏެވެ. ރިޕޯޓުތަކުން ބުނާގޮތުން، މި ރަސްމިއްޔާތުގައި 40000 އަށްވުރެ ގިނަ ސަޕޯޓަރުން ހާޒިރުވި އެވެ. އަދި ކްލަބުގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް ވެސް ބައިވެރިވެފައިވެ އެވެ.

އެންޑްރިކް ބުނި ގޮތުގައި، އޭނާ ރެއާލަށް ބަދަލުވުމާ ގުޅޭގޮތުން އޭނާ ވަނީ އެ ޓީމަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިން ކަމުގައިވާ ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯގެ އިތުރުން އެޑާ މިލިޓާއޯ އާވެސް މަޝްވަރާކޮށްފަ އެވެ. އަދި އެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބުނު ކަމަށް ބުންޏެވެ.

ރެއާލް މެޑްރިޑުގައި އެންޑްރިކް ބޭނުންކުރާނީ 16 ނަންބަރު ޖާޒީ އެވެ. އެ ޓީމުގައި ވިނީޝިއުސް ޖޫނިއާ އާއި ރޮޑްރިގޯގެ އިތުރުން ކީލިއަން އެމްބާޕޭ ހިމެނުމުން، ފުރަތަމަ 11 އަށް އެރުމަށް އެންޑްރިކް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ.

2022 ވަނަ އަހަރު ރެއާލުން އެންޑްރިކް އާއެކު އެއްބަސްވުމަކަށް އައީ، ޕީއެސްޖީ އާއި ބާސެލޯނާ ފަދަ ކްލަބު ތަކުންވެސް އޭނާ ހޯދުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގަ އެވެ. ރިޕޯޓުތަކުން ބުނާ ގޮތުން އޭނާ ރެއާލަށް ބަދަލުވީ 72 މިލިއަން ޔޫރޯ އަށެވެ.

އެންޑްރިކަށް ބްރެޒިލް ގައުމީ ޓީމުން ޖާގަ ލިބިފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެވެ. އޭގެ ފަހުން އޭނާ ވަނީ މިއަހަރުގެ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގައިވެސް ބްރެޒިލް ޓީމަށް ކުޅެފަ އެވެ.

ރެއާލް މެޑްރިޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ