އޮލިމްޕިކްސް 2024: މޮރޮކޯ އަތުން އާޖެންޓީނާ ބަލިވިއިރު، މެޗުގައި ބޮޑު ހަމަނުޖެހުމެއް

Advertisement

އެންމެ ފަސް

Advertisement

ޕެރިސް އޮލިމްޕިކްސްގެ ފުޓުބޯޅަ އިވެންޓުގައި، ރޭ މޮރޮކޯ އަތުން 2-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިވިއިރު، މެޗުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓު ދައްކާފައިވާއިރު، މެޗު ނިމެން ކައިރިވެފައިވަނިކޮށް އާޖެންޓީނާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއާއެކު މޮރޮކޯގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި، ހަމަނުޖެހުން ހިންގާފަ އެވެ. އަދި މިކަމާ ގުޅިގެން މެޗު މެދުކަނޑާލާފައިވެ އެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްފަހު، މެޗު އަލުން ފަށާފައިވަނީ ދެ ގަޑިއިރު ފަހުންނެވެ. އަދި އަލުން މެޗު ފެށީ، ސަޕޯޓަރުން ބޭރުކުރުމަށްފަހު، ހުސް ސްޓޭޑިއަމްއެއްގަ އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މޮރޮކޯ އަށް ކުރިހޯދައިދިނީ ސޫފިއަން ރަހީމީ އެވެ. އަދި ދެވަނަ ހާފު ފެށިގެން ކުޑަ އިރުކޮޅެއް ތެރޭގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ރަހީމީ ވަނީ މޮރޮކޯ އަށް ލީޑު ފުޅާކޮށްދީފަ އެވެ.

އާޖެންޓީނާ އަށް ހިތްވަރެއް ލިބުނީ މެޗުގެ 68 ވަނަ މިނެޓުގައި، ޖިއުލިއާނޯ ސިމިއޯނީ ކާމިޔާބުކުރި ލަނޑާއެކު އެވެ. އިތުރު ވަގުތު ތެރޭގައި އާޖެންޓީނާގެ ކްރިސްޓިއަން މެޑީނާ ޖެހި ލަނޑު، ރެފްރީ ވަނީ ކެންސަލް ކޮށްފަ އެވެ. އެއީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑު ކައިރީގައި ހުރި މޮނިޓަރުން ބެލުމަށްފަހު އެވެ.

މި ގުރޫޕުގައި ދެން ހިމެނެނީ އިރާގާއި ޔޫކްރެއިން އެވެ. އިރާގުން ވަނީ 2-1 ގެ ނަތީޖާއަކުން ޔޫކްރެއިން ބަލިކޮށްފަ އެވެ.

ޕެރިސް އޮލިމްޕިކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ