ރިސޯޓު ލީގު 2024: ފޯ ސީޒަންސް ބަލިކޮށް، އަނަންތަރާ އިން ތަށި އުފުލާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސޯޓު ލީގު ބާ ޒޯނުގެ ފައިނަލުގައި ފޯ ސީޒަންސް ބަލިކުރުމަށްފަހު، އަނަންތަރާ އިން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މުބާރާތުގެ ފައިނަލަށް އަނަންތަރާ ދަތުރުކުރީ، ސެމީ ފައިނަލުގައި މިލައިދޫ ބަލިކުރުމަށްފަހު އެވެ. އަދި ފޯ ސީޒަންސް ފައިނަލަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން ފިނޮޅު ކަޓުވާލުމަށްފަހު އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން އަނަންތަރާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެންވެސް ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ 32 ވަނަ މިނެޓުގައި އަނަންތަރާ އަށް ލަނޑު ޖަހައިދިނީ ރަޝާދު އަބްދުލް މަތީން އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތެރެއައަށް ވަނީ ފޯ ސީޒަންސްގެ ކީޕަރު، ހޫދު މޫސާގެ އަތުގައި ޖެހިފަ އެވެ.

ފޯ ސީޒަންސް އިން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަނަންތަރާ މޮޅުކޮށްދިން ރަޝާދު އެވެ.

މުބާރާތުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ ފޯ ސީޒަންސްގެ މުހައްމަދު ޖުނެއިދު އާއި ހަސަން ނިފާހު އަދި މުހައްމަދު މަހްމޫދު ސައިފުގެ އިތުރުން އަނަންތަރާގެ އިބްރާހިމް ހަމީދު އާއި ހުސައިން ހަނާން އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަނަންތަރާގެ ރަޝާދު އަބްދުލް މަތީން އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމަލް ހަތް ލަނޑު ޖަހާފަ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަނަންތަރާގެ ކޯޗު، މުހައްމަދު ފުހެއިދު އެވެ.

ރިސޯޓް ލީގު 2024

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ