ރިސޯޓު ލީގު އަރި ޒޯނުގައި ބާސެލޯ ބަލިކޮށް، ލިލީ ބީޗުން ސެމީ ފައިނަލަށް ދިއުމުގެ އުއްމީދު އައުކޮށްފި އެވެ.
ލިލީ މީޗުން މުބާރާތް ފެށީ ދަށް ނަތީޖާ ތަކަކާއެކު އެވެ. އެގޮތުން، ފުރަތަމަ މެޗުގައި ކޮންރެޑް އަތުން ވަނީ 4-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ދެވަނަ މެޗުގައި، ވިލަމެންދޫ ކައިރިން ވަނީ އެއްވަރުވެފަ އެވެ. މިއަދު ހަވީރު 2-1 ގެ ނަތީޖާއަކުން ބަލިކޮށް، ލިލީ ބީޗުން ވަނީ ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ހޯދާފަ އެވެ.
މެޗު ފެށިގެން 10 މިނެޓުގެ ތެރޭގައި ލިލީ ބީޗުގެ އިސްމާއިލް ރިޔާޝް ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ. ފުރަތަމަ ހާފުގައި، ބާސެލޯ އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ލިލީ ބީޗުން ވަނީ އިތުރު ގޯލެއް ޖަހައި، ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ދެވަނަ ގޯލު ޖެހީ ތާބިއު މުހައްމަދު އެވެ. އޭގެ ދެ މިނެޓު ފަހުން، ބާސެލޯގެ މާއިން މުހައްމަދު ވަނީ ގޯލެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ.
ބާސެލޯ އިން ލިލީ ބީޗު ބަލިކޮށްގެން، ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވާނެ އެވެ. ނަމަވެސް، އޭގެ ބޭނުން ބާސެލޯ އަށް ހިފިފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލިީ ބީޗުގެ މުހައްމަދު ރަޝީދު އެވެ.
ބާސެލޯ އާއި ލިލީ ބީޗުގެ އިތުރުން، ކުރަމައްޗަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބާސެލޯ ނިކުންނާނީ ވިލަމެންދުއާ ދެކޮޅަ ށެވެ. އަދި ލިލީ ބީޗް ނިކުންނާނީ ކުރަމައްޗާ ދެކޮޅަ ށެވެ.