ޔޫރޯ 2024: އިންގްލެންޑަށް އެއްވަނަ، ތިންވަނަ ޓީމުގެ ގޮތުގައި ސްލޮވީނިއާ ގަދަ 16 އަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި، 0-0 ގެ ނަތީޖާއަކުން އިންގްލެންޑް ކައިރިން އެއްވަރުކޮށް، ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި ސްލޮވީނިއާ ގަދަ 16 ބުރަށް ދަތުރުކޮށްފި އެވެ.

އިންގްލެންޑުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުން ސާބިއާ ބަލިކޮށްފަ އެވެ. ނަމަވެސް، ފަހުން ކުޅުނު ދެ މެޗުން ވަނީ އެއްވަރު ވެފައެވެ. ސަޕޯޓަރުން ބަލައިގަންނަ ވަރަށްވުރެ ދަށް ނަތީޖާއެއް ކަމު، އިންގްލެންޑުން ވަނީ ފަސް ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ހޯދާފަ އެވެ.

ސްލޮވީނިއާ އިންވަނީ މުބާރާތުގައި ކުޅުނު ތިން މެޗުވެސް އެއްވަރުކޮށް، ތިން ޕޮއިންޓު ހޯދާފަ އެވެ. ތިންވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށް ގަދަ 16 ބުރުން ޖާގަ ލިބޭއިރު، ސްލޮވީނިއާ ވަނީ ކްރޮއޭޝިއާ އާއި ހަންގޭރީ އަށްވުރެ ކުރިހޯދާފަ އެވެ.

މެޗު ފެށިގެން، މޮޅަށް ކުޅެފައިވަނީ އިންގްލެންޑުންނެވެ. އެގޮތުން، މެޗުގެ 20 ވަނަ މިނެޓުގައި ބުކާޔޯ ސަކާ ވަނީ ގޯލެއް ޖަހާފަ އެވެ. ނަމަވެސް، ލައިންސްމަން ހުރީ އޮފްސައިޑް ކަމަށް ނިންމައި، ދިދަ ނަގައިގެނެވެ. އޭގެފަހުން  ފިލް ފޯޑަން އާއި ހެރީ ކޭން އަށްވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް އިންގްލެންޑުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ނަމަވެސް، ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ. މި މުބާރާތުގައި އިންގްލެންޑަށް މިހާތަނަށް ޖެހިފައިވަނީ އެންމެ ދެ ގޯލެވެ.

މެޗު ނިމުމާއެކު، އިންގްލެންޑްގެ ސަޕޯޓަރުން ވަނީ ޓީމާ ދޭތެރޭ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން، ބައެއް ސަޕޯޓަރުން ދަނޑަށް އެއްޗެހި އުކާފައިވެ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ