ޔޫރޯ 2024: ވާގާ އަށް ފަރުވާ ދިނުމުގައި ”ޑިލޭ“ އެއް ނާދޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ތެރެއިން، ހަންގޭރީގެ ފޯވާޑް ބާނަބާސް ވާގާގެ ބޮލަށް އަނިޔާވުމާ ގުޅިގެން ފަރުވާ ދިނުމުގައި ”ޑިލޭ“ އެއް ނާންނަކަމަށް ޔުއެފާ އިން ބުނެފި އެވެ.

ރޭ ސްކޮޓްލެންޑް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ވާގާ އަށް އަނިޔާވުމާ ގުޅިގެން ވަނީ އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާގެ ކަށިގަނޑެއްގައި ރެނދު ލާފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.

އުމުރުން 29 އަހަރުގެ މި ކުޅުންތެރިޔާއަށް އަނިޔާވުމާ ގުޅިގެން ހަތް މިނެޓަށް މެޗު މެދުކަނޑާލާފައިވެ އެވެ. އޭނާ އަށް އަނިޔާވެފައިވަނީ، ހަންގޭރީގެ ކެޕްޓަން، ޑޮމިނިކް ސޮބޯސްލާއި ނެގި ހިލޭ ޖެހުމަކަށް ބޮލުން ޖަހަން އެރި ވަގުތު، ސްކޮޓްލެންޑްގެ ކީޕަރު އެންގަސް ގަން އާ ދެމީހުން ޖެހުމުންނެވެ.

ޔުއެފާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހާދިސާ ހިނގިތާ 15 ސިކުންތު ތެރޭގައި ޓީމުގެ ޑޮކްޓަރު އަރާފައިވާ ކަމަށެވެ. އަދި ޓީމުގެ ޑޮކްޓަރާއެކު ސްޓޭޑިއަމް ޑޮކްޓަރުވެސް އަރައި، ފަރުވާ ދީފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޑޮކްޓަރުންގެ އިޝާރާތާއެކު، ސްޓްރެޗަރުވެސް ވަގުތުން އަރުވާފައިވާ ކަމަށް ބުނެފައިވެ އެވެ. މީގެއިތުރުން ޔުއެފާ އިން ބުނީ، މެޑިކަލް ސްޓާފުންގެ މެދުގައި ވާހަކަ ދެކެވިފައިވަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ.

މެޗަށްފަހު، ހަންގޭރީގެ ކެޕްޓަން ސޮބޯސްލާއި ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އޭނާ ބުނީ، ޔުއެފާގެ ޕްރޮޓޮކޯލް ފަހުމް ނުވާ ކަމަށާއި، މެޑިކަލް ސްޓާފުން ދަނޑަށް އެރުމުގައި ލަސްވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ، މީގެފަހުން މިކަހަލަ ކަމެއް ތަޖުރިބާ ކުރަން ނުޖެހޭނެ ކަމަށް އުއްމީދު ކުރަ ކަމަށާއި، މިކަމާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވިއިރު، އެ މެޗުގައި ހަންގޭރީގެ ގޯލު ޖަހާފައިވަނީ ވާގާ އެވެ. އޭނާ އަށް ލިބުނު އަނިޔާ އާ ގުޅިގެން، މުބާރާތުގައި ދެނެއް ނުކުޅެވޭނެ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ