ޔޫރޯ 2024: މޮޅުވުން މުހިންމު މެޗެއްގައި ޖޯޖިއާ އާއި ޗެކް ރިޕަބްލިކަށް ނަތީޖާ ނުނެރެވުނު

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުރިޔަށް ދިއުމަށް ޖޯޖިއާ އާއި ޗެކް ރިޕަބްލިކަށް މޮޅުވުން މުހިންމު މެޗުން ދެ ޓީމު އެއްވަރު ވެއްޖެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖޯޖިއާ ވަނީ 3-1 ގެ ނަތީޖާއަކުން ތުރުކީ ކައިރިން ބަލިވެފަ އެވެ. އަދި ޗެކް ރިޕަބްލިކް ވަނީ ޕޯޗުގަލް ކައިރިން 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. މިރޭ ކުޅުނު މެޗުން 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމާއެކު، ދެ ޓީމަށްވެސް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

މެޗުގެ 24 ވަނަ މިނެޓުގަައި ޗެކް ރިޕަބްލިކުން ވަނީ ގޯލެއް ޖަހާފަ އެވެ. އެ ޓީމުގެ އެޑަމް ހްލޯޒެކް ޖެހި ބޯޅަ، ގޯލުގެ ތެރެއަށް ވަނީ ކީޕަރުގެ އަތުގައި ޖެހިފައި ނިކުމެ، އަނެއްކާވެސް އޭނާގެ ގައިގައި ޖެހިފަ އެވެ. ނަމަވެސް،  ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ނިންމީ ހްލޯޒެކްގެ އަތުގައި ޖެހުނު ކަމަށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ޖޯޖެސް މިކައުޓްޒޭ ވަނީ ޖޯޖިއާ އަށް ކުރިހޯދަދީފަ އެވެ. އެއީ ވީއޭއާރު ބެލުމަށްފަހު، ޗެކް ރިޕަބްލިކްގެ ރޮބިން ހްރަންކް އަތުގައި ބޯޅައިން ޖެހުނު ކަމަށް ނިންމުމަށްފަހު ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފު ފެށިގެން، މެޗުގެ 59 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ގޯލު ޖަހައިދިނީ  ޕެޓްރިކް ޝިކް އެވެ. އޭގެފަހުން، ދެ ޓީމުންވެސް ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޗެކް ރިޕަބްލިކް ނިކުންނާނީ ތުރުކީ އާ ދެކޮޅަ ށެވެ. އަދި ޖޯޖިއާ ނިކުންނާނީ ޕޯޗުގަލް އާ ދެކޮޅަ ށެެވެ.

 

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ