ފީފާއިން ބައްސާމް 9 މަހަށް ސަސްޕެންޑްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފީފާގެ އެތިކްސް ކޮމިޓީން ދިވެހި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި އެވެ.

ނުވަ މަސް ދުވަހަށް ބައްސާމް ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތަކުން  ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވަނީ ފީފާގެ މިނިވަން ސުލޫކީ ކޮމިޓީގެ އެޑްޖުޑިކޭޓަރީ ޗެމްބަރުގެ ޗެއާޕާސަން އެވެ. ފީފާ ކޯޑް އޮފް އެތިކްސް (އެފްސީއީ) ގެ 86 ވަނަ މާއްދާގެ ދަށުން ނިންމި މި ނިންމުމަށް ވަގުތުން އަމަލުކުރަން ފަށާނެ އެވެ.

ފީފާއިން ބައްސާމް ސަސްޕެންޑްކޮށްފައިވަނީ  ޕީޖީ އޮފީހުން އިސްނަގައިގެން ހިންގި ތަހުގީގަކަށް ފަހު އެވެ. އޮކްޓޯބަރު 22، 2023 ގައި ފުލުހުން އެފްއޭއެމް ހައުސް ބަލައިފާސްކުރިއިރު، އެފްއޭއެމްގެ އޮފިޝަލުން ފީފާގެ ފައިސާ ނުބައިކޮށް ބޭނުންކުރުމާ ގުޅޭ މަނީ ލޯންޑަރިން، ހިޔާނާތް، ކޮރަޕްޝަން އަދި އެހެނިހެން ޖިނާއީ ކުށްތައް ކުރި ކަމުގެ ހެކި ފެނިފައި ވެއެވެ. މިއާ ގުޅިގެން އިންވެސްޓިގޭޓަރީ ޗެމްބަރުން ވަނީ ބައްސާމް ސަސްޕެންޑް ކުރުމަށް އެދިފަ އެވެ.

ތަހުގީގުގެ އިބްތިދާއީ މައުލޫމާތު މުރާޖައާ ކުރުމަށް ފަހު ތަހުގީގު ޗެމްބަރުގެ ޗެއާޕާސަން  ބައްސާމްއާ ދެކޮޅަށް ތަހުގީގުގެ މަރުހަލާތައް ފެށި އެވެ. ބައްސާމް އެފްސީއީގެ ބައެއް މާއްދާތަކާ ހިލާފުވެދާނެ ކަމަށާއި އޭގެ ތެރޭގައި އެ ގަވާއިދުގެ 14 ވަނަ މާއްދާއާއި، މަސްލަހަތު ފުށުއެރުން (20 ވަނަ މާއްދާ)، ހަދިޔާ ހުށަހެޅުމާއި ބަލައިގަތުން (21 ވަނަ މާއްދާ)، އަދި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމާއި ނުބައިކޮށް ބޭނުންކުރުން (29 ވަނަ މާއްދާ) ހިމެނެ އެވެ.

ގައުމީ އަދި ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނުވަ މަސް ދުވަހުގެ މުއްދަތަށް ބައްސާމް ސަސްޕެންޑްކުރިކަން އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ބައްސާމް އަދިލް ޖަލީލް އެފްއޭއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ