ޔޫރޯ 2024: އަލްބޭނިއާ ކައިރިން އެއްވަރުވެ، ކްރޮއޭޝިއާ ކެޓުމާ ގާތަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އަލްބޭނިއާ ކައިރިން އެއްވަރުވެ، ކްރޮއޭޝިއާ އަށް މުބާރާތުގައި ކުރިޔަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅެފައިވާ ކްރޮއޭޝިއާއިން މިއަހަރުގެ ޔޫރޯ ފެށީ ބައްޔަކުންނެވެ. ފުރަތަމަ މެޗުގައި، ސްޕެއިން ކައިރިން ކްރޮއޭޝިއާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އަލްބޭނިއާ ކައިރިން 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކުރުން ކްރޮއޭޝިއާ އަށް މަޖުބޫރުވާނެ އެވެ.

މިރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި އަލްބޭނިއާގެ ކިޒިމް ލާސީ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ކުރިހޯދަދީފަ އެވެ. މެޗުގެ ކުރީކޮޅު އަލްބޭނިއާއިން ގޯލެއް ޖެހުމުން، ކްރޮއޭޝިއާ އަށް ވަނީ އެ ޓީމުގެ ގޭމް ޕްލޭން ޖައްސަން ވަރަށް ބޮޑަށް އުނދަގޫވެފަ އެވެ.

ދެވަނަ ހާފު ފެށިގެން ކްރޮއޭޝިއާ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން، މެޗުގެ 74 ވަނަ މިނެޓުގައި އަންދްރޭ ކްރަމަރިޗް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު ޖެހުމާއެކު ލިބުނު ހިތްވަރުން، ކްރޮއޭޝިއާއިން ކުޅުނީ ކުރިޔަށް ޖައްސައިގެން އިތުރު ގޯލެއް ޖެހުމަށެވެ. ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓު ފަހުން، އަލްބޭނިއާގެ ކްލައުސް ގުޖަސޫލާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ.

ލީޑު ލިބުމާއެކު، ކްރޮއޭޝިއާއިން ކުޅުނީ އިތުރު ގޯލެއް ވަނަނުދިނުމަށެވެ. ނަމަވެސް، އިތުރު ވަގުތުގައި ގުޖަސޫލާ ވަނީ ގޯލެއް ޖަހައި، ކްރޮއޭޝިއާ މާޔޫސްކޮށްލާފަ އެވެ.

ސްޕެއިން އާއި އިޓަލީ ބައްދަލުކުރާ މެޗު، ބުރާސްފަތި ދުވަހުގެރޭ ކުޅޭނެ އެވެ. މެޗުން މޮޅުވާ ޓީމަކަށް، ގަދަ 16 ބުރުން ޖާގަ ކަށަވަރުވާނެ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ