ކުރިއަށް އޮތީ ރޯދަ މަސް، މިއޮތީ ކަރަންޓު ހަރަދު ކުޑަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރުގެ ރޯދަ މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދިން ނަމަވެސް ރޯދަ މަސް ދިމާވީ ހޫނު މޫސުމަށް ވުމުން ކަރަންޓު ބޭނުން ކުރި މިންވަރު އިތުރުވެ ކަރަންޓުގެ ހަރަދު ބޮޑުވެގެން ދިޔަ އެވެ. ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔަ ކުންފުނިތަކުން ވަނީ ކަރަންޓު އިގްތިސޯދު ކުރާނެ އެތަށް ގޮތެއްވެސް ރައްޔިތުންނަށް ކިޔާދީފަ އެވެ. އެގޮތުން ކަރަންޓު ހަރަދު ކުޑަ ކުރުމަށާއި ކަރަންޓު ބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން ސްޓެލްކޯއިން ވަނީ އޭރު ވަރަށް ރަނގަޅަށް ކިޔާދީފަ އެވެ.

މިއަހަރުގެ ރޯދަ މަހާ ކުރިމަތިލާއިރު އަނެއްކާވެސް ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެގެން ދާނެކަން ޔަގީނެވެ. އެހެން ކަމުން ސްޓެލްކޯއިން އޭރު ކަރަންޓުގެ ހަރަދު ކުޑަ ކުރުމަށް ކުރެވިދާނެކަމަށް ބުނި ކަންކަން އަލުން ހަނދާން އާކޮށްލަން ޖެހެ އެވެ.

ކަރަންޓު ހަރަދު އެންމެ ބޮޑުވާކަމަށް ފާހަގަ ކުރެވެނީ އޭސީ ބޭނުން ކުރުމުގައި ސަމާލު ނުވުމުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެ އެވެ. އެހެންކަމުން އޭސީ ބޭނުން ކުރުމުގައި ހަރަދު ކުޑަ ކުރެވޭނެ ގޮތްތަކަށް ބަލާލާނަމެވެ.

  • އޭސީ ސާވިސްކޮށް އޭސީގެ ގޭސް ލެވެސް ޗެކްކޮށް ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކުރުން.
  • އޭސީކޮށްފައި ހުންނަ ތަންތަނުގެ ދޮރު ދަށުން ވައި ނިކުންނަނަމަ އެތަންތަން ބަންދު ކުރުން.
  • އޭސީ ކޮށްފައި ހުންނަ ތަންތަނުގައި ބިއްލޫރި ކުޑަ ދޮރު ހުންނަނަމަ ކުޑަދޮރުތަކުގައި ވީހާވެސް ބޯ ދޮރުފޮތި ހަރު ކުރުން.
  • ގޭގައި ނޫޅޭނަމަ އޭސީ ޖައްސާފައި ނުބެހެއްޓުން.
  • ސިޓިން ރޫމާއި ބަދިގެ އެއްކޮށް ހުންނަނަމަ ކައްކާއިރު އެތަނުގެ އޭސީ ނުޖެއްސުން.
  • އޭސީ ހަރުކޮށްފައިވާ ތަނާއި އެކަށީގެންވާ ވަރަށް ވުރެ ކުޑަ އޭސީއެއް ނަމަ އޭސީ ބަދަލު ކުރުން.
  • މަހަކު އެއް ފަހަރު އޭސީގެ ފިލްޓަރުތައް ސާފުކޮށްލުން.
  • އައުޓްޑޯ ޔުނިޓް ވީހާވެސް ހޫނު ގަދަ ނުވާ ތަނެއްގައި ބެހެއްޓޭތޯ ބެލުން.

މީގެ އިތުރުންވެސް ކަރަންޓު ހަރަދު ކުޑަ ކުރުމަށް ކުރެވިދާނެ ކަންކަން އެބަ ހުއްޓެވެ. އެގޮތުން ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގައި އައިސް އަލަމާރި ބެހެއްޓުމާއި ގެއިން ބޭރަށް ނިކުންނަމުން ކަރަންޓު ބޭނުން ކުރާ ވީހާވެސް ގިނަ ތަކެތި ނިއްވާލުން ހިމެނެ އެވެ. އަދި ދޭތެރެއަކުން ކަރަންޓު މީޓަރު ޗެކްކޮށްލާ ކަރަންޓު މީޓަރު ހިނގާވަރު ބަލާލުންވެސް އެއީ ރަނގަޅު ކަމެކެވެ. މީގެ އިތުރުން ހޫނު ތަކެތި ފްރިޖަށް ލުމުގެ ކުރިން އެ ތަކެތީގެ ހޫނުކަން ކަނޑުވައިލުމުންވެސް ފްރިޖުން ކަރަންޓު ހަރަދު ކޮންމެވެސް ވަރަކަށް ކުޑަވެގެން ދާނެ އެވެ.

 

ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ