ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލަ ހައްލުކުރުމަށް ރައީސަށް ސިޓީއެއް ފޮނުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޖާހު އިންވެސްޓްމެންޓް ކުންފުންޏާ ހުޅުމާލޭގައި ތަރައްގީ ކުރަން ހަވާލު ކުރި ފްލެޓްތައް ނުނިމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަ ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.

ޖާހު އިންވެސްޓްމެންޓްގެ ’ދަ ގާޑަން‘ ފްލެޓްތަކުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 2017 ވަނަ އަހަރު އެވެ. އެ މަސައްކަތް ހަވާލު ކުރީ 2 އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ފްލެޓްތައް ގަތުމަށް އެތަށް ބަޔަކު ވަނީ ފައިސާވެސް ދައްކާފަ އެވެ. ނަމަވެސް އަދިވެސް އެ ފްލެޓްތަކުގެ މަސައްކަތް ނުނިމޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މި މައްސަލައިގައި ފްލެޓް ގަންނަން ފައިސާ ދެއްކި މީހުން ތަމްސީލު ކުރާ ލޯ ފާމް ކަމަށްވާ ޝުނާނާ އެންޑް ކޯ އިން ވަނީ ރައީސް މުއިއްޒަށް އިއްޔެގެ ވަގުތެއްގައި ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީގައި އެ ލޯ ފާމުން ވަނީ މި މަސައްކަތް ނުނިމި 7 އަހަރު ވެގެން ދިޔަ އިރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ އެ މައްސަލަ ބައްލަވައި ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިފަ އެވެ.

ޝުނާނާ އެންޑް ކޯ އިން މި މައްސަލަ މީގެ 2 އަހަރު ކުރިން ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާނެކަން އެ ލޯ ފާމުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ލޯ ފާމްގެ ބަޔާނުގައި ވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ އިތުރުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށްވެސް އިއްޔެ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ