ރައީސްގެ ހަރުދަނާ ނިންމެވުމެއް، ކޮރަޕްޝަނަށް ފުރުސަތެއް ނެތް!

Advertisement

Advertisement

އެންމެ ފަސް

Advertisement

”އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަންކުރާކަށް ނޫން, ކޮރަޕްޝަން ހިންގާކަށް ނޫން, ގަވައިދާ ހިލާފު ކަމެއް ކުރާކަށްވެސް ނޫން.“

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އާދީއްތަ ދުވަހު ބައެއް މީޑިއާތަކާ ބައްދަލުކުރައްވާ ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވި ވާހަކަކޮޅެކެވެ. ނޫސްވެރިންގެ ހުރިހާ ސުވާލެއްވެސް އެދުވަހު އަމާޒުވީ މިހާރު ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެންނެވެ. ރައީސްގެ ޖަވާބު ސާފެވެފައި ފުރިހަމަ އެވެ. 

ނުފޫޒުގަދަ މަގާމުތަކަށް އައްޔަނުކުރާ ފަރާތްތަކުން ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ނާޖައިޒު ފައިދާ ހޯދާ ވާހަކައަކީ އިއްޔެއަކު މިއަދަކު މިރާއްޖޭގައި ދެކެވޭ ވާހަކައެއް ނޫނެވެ. ވަލިއްޔުލްއަމުރުގެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށްވެސް މީގެކުރިން ކުރެވޭ މިފަދަ ތުހުމަތުތައް ވަކި މަދެއް ނޫނެވެ. އެހެންނަމަވެސް އެ ބޭފުޅުންނާއި ރައީސް މުއިއްޒުއާ ތަފާތުވަނީ ހަމައެކަނި އެކަމާމެދު ވާހަކަ ދެއްކެވުމުގެ ބަދަލުގައި އަމަލުން އެކަމާމެދު ފިޔަވަޅު އެޅުއްވުމެވެ. 

ރައްޔިތުންގެ ފައިސާއާއި ހަވާލުވެ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ބޭބޭފުޅުންގެ އަމަލުތައް ހުންނަންވާނީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ. އަމާނަތްތެރިކަމާއި ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމަކީ އެބޭބޭފުޅުންގެ ކިބައިގަން ކޮންމެހެންވެސް ހުރުން ލާޒިމު ސިފަތަކެވެ. އެހެންނަމަވެސް މަދުންނަމަވެސް މިފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކާއެކު ރައްޔިތުންގެ މެދުގައި ސަރުކާރުތަކާމެދު އޮންނަ އިތުބާރު ގެއްލޭތަން ދިމާވެ އެވެ. މިފަދަ ހާލަތްތަތަކުގައި ރައްޔިތުން ބޭނުންވަނީ އެރައްޔިތުން އިންތިހާބުކުރާ ވެރިމީހާ އެ ރައްޔިތުންގެ ހައްޤުގައި އަދި ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރެއްވުމެވެ. 

ރައީސް މުއިއްޒު މިއަދު މިވަނީ އެމަނިކުފާނު ހުންނަވާނީ ރައްޔިތުންގެ ފަޅީގައިކަން ސާބިތު ކޮށްދެއްވާފަ އެވެ. އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ހިމާޔަތްކުރައްވާނެކަން ސާބިތުކޮށްދެއްވައިފި އެވެ. 

ރައްޔިތުންނަށް އެންމެ ބޮޑަަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު ހިނދު ރައީސް މުއިއްޒު އަމަލު ކުރެއްވީ އެ ތުހުމަތުތައް އެއްކޮށް ފިލުވައިލެއްވުމަށެވެ. އެގޮތުން އެ ތުހުމަތުތައް ކުރެވުނު ބޭފުޅުން މަގާމުތަކުން މިއަދު އެ ވަނީ ވަކިކުރައްވާފަ އެވެ. އަދި އެ މައްސަލަތައް ބެއްލެވުމަށް ރައީސް އެވަނީ ކަމާބެހޭ އިދާރާތަކަށް އަންގަވާފަ އެވެ. މިއީ ރާއްޖޭގެ ރައްޔިތުން ކިތަންމެހާވެސް ދެކެން ބޭނުންވެފައި އޮތް ދުވަހެކެވެ. ރައްޔިތުންގެ ޚާދިމު، ރައްޔިތުންގެ މަސްލަހަތު އޮތް ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅާތަން ދެކެން ބޭނުންވެފައި ތިބިތާ ކިތަންމެ ދުވަހެކެވެ. ރައީސް މުއިއްޒު މިއަދު އެގެންދަވަނީ އެމަނިކުފާނުގެ އަމަލުފުޅުން އެކަންކަން ސާބިތު ކޮށްދެއްވަމުންނެވެ.

ރައީސް މުއިއްޒުގެ ވިސްނުންފުޅު އަދި މަސައްކަތްޕުޅު ބައްޓަން ކުރައްވަމުން އެގެންދަވަނީ އެމަނިކުފާނުގެ ވެރިކަމަކީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ މަސައްކަތްތަކެއް ކުރެއްވުމަށެވެ. އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާފައި އެވަނީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް, ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށެވެ.

ކޮރަޕްޝަނާއި ނާޖައިޒު ނުފޫޒުގެ ބޭނުން ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް, ރައްޔިތުންގެ ހައްޤުގައި ހެޔޮލަފާ މަސައްކަތްތަކެއް ކުރާނެ ޓީމެއް އެމަނިކުފާނާއި އެކު އެބައޮތްވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ދިވެހީންގެ ރާއްޖެއަކަށް ދެވޭނެ ކަމަށް އޮތް އުފާވެރި ޔަގީންކަން ކިތަންމެހާވެސް ބޮޑެވެ. 

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮރަޕްޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ