ސްލޯ އެކަންޏެއް ނޫން، ހަނދާންވެސް ބަލި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ތާރީހުގައި އެމްޑީޕީން ދެފަހަރެއްގެ މަތިން ވެރިކަން ކޮށްފި އެވެ. އެންމެ ފަހުން އެ ޕާޓީން ވެރިކަން ކުރި އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުން ނޫނެކޭ ބުނި ސަބަބުތައް ބައިވަރު އެބަ ހުއްޓެވެ. އެގޮތުން ރާއްޖޭގެ އިގްތިސޯދު އަނދަވަޅަކަށް ވާއްޓާލުމާއި، ގައުމުގެ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑްގައި ހުރި ބޭރު ފައިސާ މާރުކޮށް ބޭނުންކޮށް ހުސްކޮށްލުމާއި، ކޮރަޕްޝަންގެ އެތަށް މައްސަލަތަކެއް ފެނިގެން ދިޔުމާއި، ފައިސާ ޗާޕު ކުރުމާއި، ބޭރު ސިފައިން ގައުމުގައި ބޭތިއްބުން ފަދަ ބޮޑެތި އެތަށް މައްސަލައެއް ފެންމަތިވި އެވެ. މިއަދު މި މައުލޫތަކުން އެއްފަރާތަކަށް ޖެހިލާ ރައީސް ސޯލިހަށް ފޯކަސްކޮށް މިއޮތީ ވާހަކަދައްކަން ޖެހިފަ އެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި އަބަދުވެސް ފެންނަމުންދަނީ އަޖައިބުވާފަދަ މަންޒަރުތަކެކެވެ. އެގޮތުން ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ’ގާނޫނުއަސާސީގެ ދިފާއުގައި‘ ނަމުގައި ބޭއްވި ޖަލްސާގައި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވާހަކަފުޅުތަކުން ދައްކުވައިދެނީ އެމަނިކުފާނުގެ ކިބައިގައި ހުރި ދެ ސިފައެކެވެ. އެއީ ސްލޯކަމާއި ހަނދާން ބަލިކަމެވެ.

ރައީސް ޞާލިޙުގެ ވެރިކަމުގައި ”ސްލޯ“ ނުވަތަ ”ތަތް“ ރައީސެއްގެ ގޮތުގައި ލަގަބު ލިބިވަޑައިގަތުމަކީ ހަމަ ގައިމުވެސް އެކަށީގެންވާ ކަމެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މަޝްރޫޢުތައް ނުނިމި ލަސްވެގެންދިޔަކަން ފާހަގަކުރެވެއެވެ. ރައީސް ސޯލިހުގެ ’ސްލޯ‘ ކަން އިތުރަށް ސާބިތުވެގެންދިޔައީ ރޭގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި އެއް ވާހަކަފުޅަކުންނެވެ.

އެ ޖަލްސާގައި ރައީސް ޞާލިޙު ކުރެއްވި ކަމަކުން އެމަނިކުފާނުގެ ”ސްލޯ“ ކަން އިތުރަށް ހާމަވެގެންދިޔައެވެ. އެއީ ރާއްޖޭގެ ރެޕް ލަވަ ކިޔުމުގައި އެންމެ ނަން މަޝްހޫރު ފަންނާނު ކަމަށްވާ އިފްހާމް (ޕެސްޓް) ގެ ’ވެރިންގެ ވެރިކަން‘ ލަވަ ޅެމެއްގެ ގޮތަށް ރައީސް ސޯލިހު ޕޯޑިއަމްއަށް އަރުއްވާ ކިޔުއްވުމެވެ. ލަވަ ކިޔުއްވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކީ ލަވައިގެ ތާރީހާއި ތަފްސީލް ނޭނގުމެވެ. އެގޮތުން މި ލަވައަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެ ޒުވާނާ ޖަލަށްލާފައި ހުރި އިރު، އޭނާގެ އިހުސާސްތައް ފާޅު ކުރުމަށް ނެރުނު ލަވައެކެވެ. ލަވަ ނެރުނުތާ 2 އަހަރު ފަހުން ސިޔާސީ ޕޯޑިއަމެއްގައި ދައްކާ ވާހަކަ މޮޅުކޮށްލުމުގެ ނިޔަތުގައި މިކަން ކުރިއަސް މިއޮތީ އަތަށް ގޮވާފަ އެވެ. މިއީ ރައީސް ސޯލިހުގެ ސަރުކާރަށް ނިސްބަތްކޮށް ނެރުނު ލަވަޔަކަށް ނޫނީ ނުވާނެ އެވެ. މިއީ ހަމަ ގައިމުވެސް ”ސްލޯ“ ކަމުގެ ހެއްކެކެވެ.

ދެން އަނެއް ކަމަކީ ހަނދާން ބަލިކަމެވެ. މިކަން ހާމަވެގެންދިޔައީ އެމަނިކުފާނުގެ އަމިއްލަ ވެރިކަމުގައި ކުރެވުނު ކަންކަންވެސް ހަނދުމަފުޅު ނެތުމުންނެވެ. މިސާލަކަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރާނެ ކަމަށް ރައީސް ސޯލިހު ރޭ ވިދާޅުވިއެވެ. ނަމަވެސް މިއީ ޙަޤީޤަތާ ޚިލާފު ވާހަކައެކެވެ. އެހެނީ ރައީސް މުޢިއްޒުގެ ވެރިކަމުގެ އެއް އަހަރު ފުރިގެން ދިޔަ އިރުވެސް އެފަދަ އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، ތާރީޚުން ދައްކާ ގޮތުގައި ރައީސް ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އޭރު އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރެއްވިއެވެ. މިއީ އެމަނިކުފާނުގެ ހަނދާން ބަލިކަން ދައްކުވައިދޭ ހެއްކެކެވެ. އުމުރުން ދުވަސްވުމުންވެސް މިފަދަ ކަމެއް ވެދާނެކަން ގަބޫލު ކުރެވެ އެވެ. ނޫނީ އެނގެން ބޭނުން ނުވަނީ ކަމަށްވެސް ވެދާނެ އެވެ. އަމިއްލަ ވެރިކަމުގައި ކުރެއްވި ކަންކަން ހަނދުމަފުޅު ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކޮންމެއަކަސް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ނިޔަތުގައި ބޭއްވި މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ޖޯޝާއި ފޯރިގަދަ ވާހަކަތައް ނަކަލު ކުރެވޭނެކަމަށް ހީފުޅު ކުރައްވާ ޕޯޑިއަމްއަށް އަރާ މި ދެއްކެވި ވާހަކަތަށް ގިނަ ރައްޔިތުން ނެގީ ޖޯކަކަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ