ގާޒާގެ ރައްޔިތުންނަށް ނަސްރު ލިބުމުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަން: ހުތުބާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާޒާގެ ރައްޔިތުންނަށް ލިބުނު ނަސްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެތްތެރިކަމާއި އުހުއްވަތްތެރިކަމާއި ނުގުޑާ ފަދަ އަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، މާތް ﷲ އަށް ވަކީލުކޮށްގެން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފި އެވެ.

ހުތުބާގައި ފާހަގަކުރި ގޮތުގައި، މިހާރު އިވެމުންދަނީ އެތައް ދުވަހެއް ވަންދެން ފަލަސްތީނުގައި ހިންގަމުން ދިޔަ ނަސްލު ނައްތައިލުމުގެ އަނިޔާވެރި ހަނގުރާމަ މެދުކަނޑައިލި ޚަބަރެވެ. މި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާ ފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެއް ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.

އެތައް އިބުރަތެއް ލިބިދޭ ހަނގުރާމައެއް

ހުތުބާގައި ފާހަގަކުރި ގޮތުގައި، މި ހަނގުރާމައިން އެތައް އިބުރަތެއް ލިބިދެއެވެ. އޭގެ ތެރޭގައި ﷲ އަށް ނަސްރުދޭ ބަޔަކަށް، ﷲ ނަސްރު ދެއްވާނެކަން ހިމެނެއެވެ. އަދި ހަނގުރާމައިގެ ހާލަތުގައިވެސް ގާޒާގެ ރައްޔިތުން އަމަލުކުރީ ރިވެތި އަޚްލާޤުން ކަމަށާއި އަނިޔާވެރިވުމެއް ނެތި ކަމަށް ފާހަގަކުރިއެވެ.

އަލްއަޤްޞާގެ މަތިވެރިކަން

ހުތުބާގައި އަލްއަޤްޞާ މިސްކިތުގެ މަތިވެރިކަން ފާހަގަކުރަމުން ބުނެފައިވަނީ، އެއީ ބިންމަތީގައި މާތް ﷲ އަށް އަޅުކަންކުރުމަށް ބިނާކުރެވުނު ދެވަނަ ގެކޮޅު ކަމަށާއި މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމަށެވެ. އަދި އެ މިސްކިތް މިނިވަންކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމުގައިވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

ހުކުރު ހުތުބާ ރާއްޖެ - ފަލަސްތީން ދީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ