ރިޝްވަތަކީ ހައްގު ބާތިލްއަށް ހަދާ، ބާތިލް ހައްގަށް ހަދާ އެއްޗެއް: ހުތުބާ

Advertisement

އެންމެ ފަސް

Advertisement

ރިޝްވަތަކީ ހައްގު ބާތިލްއަށް ހަދާ އަދި ބާތިލް ހައްގަށް ހަދާ އެއްޗެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބާތިލު ގޮތުގައި މުދާ ކެއުމުގެ މައްޗަށް އަލިއަޅުވާލައި، މުދަލަކީ ﷲ އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިއުމަތެއް ކަމަށާއި، އެއީ އެކަލާނގެ އަޅުތަކުން އިމްތިހާނު ކުރެއްވުމަށް ލައްވާފައިވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

ހުތުބާގައި ވިދާޅުވި ގޮތުގައި މުދަލަކީ އިންސާނާގެ ހަޔާތުގައި މުހިންމު އެއްޗަކަށްވާއިރު އެއާ މެދު ނުހަނު ބޮޑަށް ރައްކާތެރިވާން ޖެހޭނެއެވެ. އަދި މުދަލުގެ ފިތުނައިން ރައްކާތެރިވުމަށް ކީރިތި ރަސޫލާ ﷺ ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވާފައިވާ ކަމަށާއި، އެހެން މީހުންގެ މުދަލަށް އަރައިގަތުން ވަނީ ހަރާމް ކުރައްވާފައިވާ ކަމަށް ހުތުބާގައި ބަޔާންކުރެއްވިއެވެ. މީގެ އިތުރުން، މުދަލަށް ޚިޔާނާތްތެރިވުމާއި، މުދާ ފޭރުމާއި މުދަލުން ވައްކަން ކުރުމާއި، ޓެކުމާއި ރިޝްވަތު ނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމް ދީން މަނާ ކުރާ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބާތިލު ގޮތުގައި ދައުލަތުގެ މުދާ ކެއުމުގެ ތެރޭގައި ފައިސާ އާއި ތަކެތި ބަލަހައްޓާ މުވައްޒަފުގެ އަތުގައި ހުންނަ ފައިސާ އާއި ތަކެތީގައި ޖެހުން ހިމެނެއެވެ. އަދި މިއީ ހަރާމް ކަމެއް ކަމަށާއި، އެއީ އަމާނާތަށް ހިޔާނަތްތެރިވުމާއި މަކަރާއި ހީލަތް ހެދުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް ނުކުރުމާއި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުމަކީވެސް ބާތިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ކުރަން ޖެހޭ މަސައްކަތްތައް ރަނގަޅަށް ކުރުމަކީ އީމާންކަން ފުރިހަމަކަމުގެ އަލާމާތެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުތުބާ ވިދާޅުވީ ދައުލަތުގެ މުދަލަށް ހިޔާނަތްތެރިވުމުގެ ތެރޭގައި ރިޝްވަތު ނެގުން ހިމެނޭ ކަމަށާއި، ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއް ކަމަށެވެ. އަދި އެއީ ކަންކަން ފާސިދުކުރާ ވަބާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ހުކުރު ހުތުބާ ދީން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ