ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަމާއި އުނދަގޫ ކަންކަން ހިމެނޭ ހަޔާތެއް: ހުތުބާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތިކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މި ހުތުބާގައި، ދަތި އުނދަގުލަށް ފަހު ފަސޭހަކަން އަންނާނެކަން ކަށަވަރު ކަމަށް ބަޔާންކޮށްފައިވެ އެވެ.

ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ، ހިތާމަތަކަށް ފަހު އުފާވެރިކަން އަންނާނެ ކަމާއި އެއީ ހަޔާތުގެ ފިތުރަތު ކަމަށެވެ. އަދި މުއުމިން އިންސާނާއަށް ހުރިހައި ކަމެއްގައި ވެސް ވަނީ ހެޔޮކަން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، އުފާވެރިކަމެއް މެދުވެރިވެއްޖެ ނަމަ ޝުކުރުވެރިވުމަށާއ، ހިތްދަތިކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވުމަށް ހުތުބާގައި ގޮވަލައިފައިވެ އެވެ.

ދިރިއުޅުމުގައި ދިމާވާ ދަތިކަމަށްފަހު ލުޔެއް ލިބޭނެކަމުގެ އުއްމީދު ބައެއް މީހުން ކަނޑާލާ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އިންސާނާއާ އެކިގޮތްގޮތުން ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲގެ އިރާދަފުޅުގައި ކަނޑައަޅުއްވައިފައިވާކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ބައެއް މީހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ނާއުއްމީދުގެ ބަސްތައް ތަކުރާރު ކުރުން ކަމަށްވެސް ވަނީ ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައި ވަނީ މިފަދަ ޝުއޫރުތަކާއި ވާހަކަތައް ދެކެވެނީ އުއްމީދު ކެނޑި ދުނިޔެވީ ހަޔާތުން މަޔޫސްވެފައި ވާތީ ކަމަށެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައި ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް އިންސާނާ ފަހަތަށް ޖެހޭ ކަމަށެވެ.

ހުތުބާގައި ބުނި ގޮތުގައި ކީރިތި ޤުރުއާނުގައި މާޔޫސްވުމާއި އުއްމީދު ކެނޑުމާ މެދު އެއްތައް ބަސްފުޅެއް އައިސްފައިވާ ކަމަށެެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާންގެ ހަސްރަތަށް ރުޖޫއަވެ ތައުބާވުން ކަމުގައި ވިޔަސް، ނުވަތަ ގަޞާގަދަރާ ގުޅުން ހުރިކަމެއް ކަމުގައި ވިޔަސްމެ އެވެ.

ހުކުރު ހުތުބާ ދީން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ