އެމްޑީޕީއަކީ އުފެދުމުގައިވެސް ހަލާލު ގޮތުގައި އުފެދިފައި އޮތް ޕާޓީއެއް ނޫން: ޝުޖާއު

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އުފެދުމުގައިވެސް ހަލާލު ގޮތުގައި އުފެދިފައިވާ ޕާޓީއެއް ނޫންކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މެމްބަރޝިޕް ޑްރައިވްގެ ތެރެއިން ވަގު ފޯމްތަކެއް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިކަމަށް ބުނެ، އެމްޑީޕީއިން އަންނަނީ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

އެމްޑީޕީން ދައްކާ ބައެއް ވާހަކަތަކަށް ރައްދުދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ފުރަތަމަ ފިންގަރ ޕްރިންޓް ޖަހައިގެން ސިޔާސީ ޕާޓީއެއް ވުޖޫދުވީ އެ ބޭފުޅުންގެ ފިކުރުގެ ތެރެއިން ކަމަށެވެ. ޝުޖާއު އިޝާރަތްކުރެއްވީ މިހާރު އުވާލުމަށް ނިންމާފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށެވެ. އެމްޑީޕީ އުފެދިގެން އައިއިރު، ޕާޓީތަކަށް މެމްބަރުން ވައްދާއިރު ފިންގަރޕްރިންޓެއް ބޭނުމެއް ނުވެ އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ އުފެދުމުގައިވެސް ހަލާލު ގޮތުގައި އުފެދިފައި އޮތް ޕާޓީއެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ ”ވަގު ޕާޓީއެއް“ ކަމަށާއި، ”ފިންގަރ ޕްރިންޓް ނުޖަހާދުވަސް ވަރުގެ ހިލަބުރިއެއް“ ކަމަށެވެ.

މީގެ އިތުރުން، ޝުޖާއު ވަނީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ދަފްތަރު އުވާލައި، އަލުން އީ-ފާސް މެދުވެރިކޮށް މެންބަރުން ހޯދުމަށް އެމްޑީޕީއަށް ކެރޭނެތޯ ސުވާލުކުރައްވާފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަމިއްލައަށް ބެލެހެއްޓުމަށް ގޮވާލައްވާފަ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ މެމްބަރޝިޕް ޑްރައިވްގައި ބައެއް މީހުންނަށް ނޭނގި އެ މީހުން ޕީއެންސީއަށް ވައްދާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. މީގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓެ) ވެސް ހިމެނޭ ކަމަށް ވަނީ ބުނެފަ އެވެ.

ޕީއެންސގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި އެކަން ކޮށްފައިވަނީ އެ މެމްބަރުން އަމިއްލައަށެވެ. އަދި އެއީ ޕީއެންސީގެ މެމްބަރުންގެ ސައްހަކަން ގެއްލުވާލާ، ސިޔާސީ ހަލަބޮލިކަމެއް އުފެއްދުމަށް އެމްޑީޕީން އަޑީގައި އޮވެގެން ކުރި ކަމެއްކަމަށް ޕީއެންސީގެ ބައެއް މެމްބަރުން ތުހުމަތުކުރައްވަ އެވެ.

ކޮންގްރެސް ޕާޓީ އިބްރާހިމް ޝުޖާއު އެމްޑީޕީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ