ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އިސްކޮށް އުޅުނީ އަދުން ހުސެއިންނާއި، އީސަ: ވޮޝިންޓަންގ ޕޯސްޓް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ވެރިކަން ވައްޓާލުމުގައި އެންމެ އިސްކޮށް އުޅުނީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރުން ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފި އެވެ.

ވޮޝިންޓަން ޕޯސްޓުން ނެރުނު އެކްސްކްލޫސިވް ހަބަރެއްގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ވެރިކަން ވައްޓާލުމަށް ބޭނުންވާ ވޯޓުގެ އަދަދު ހަމަވެއްޖެ ނަމަ އެކަމަށް ފަންޑުކުރުމަށް އިންޑިއާގެ މާލީ އެހީތެރިކަން ހޯދޭނެކަމަށް އަނދުން ހުސައިން ބުނެފައިވާ ކަމަށެވެ.

އަނދުން ހުސައިން އަކީ އިންޑިއާގެ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) އަށް ވަރަށް މުހިންމު ބައިވެރިއެއްކަމަށް އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ބޯޑުގެ ކުރީގެ މެންބަރަކު ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދީފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ޕްލޭން ކާމިޔާބު ނުވެއްޖެ ނަމަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ބޭނުންވާ މާލީ އެހީތެރިކަން އިންޑިއާއިން ހޯދޭނެކަމަށް ކުރީގެ މެންބަރު އީސަ އެމްޑީޕީގެ އިސްވެރިންގެ ކައިރީ ބުނެފައިވާކަމަށްވެސް ވޮޝިންޓަން ޕޯސްޓުން ބުނެފައިވެ އެވެ.

އީސަ ވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް އޮންނަން ބޭނުންވާކަމަށާއި ނަމަވެސް ފައިސާ ހޯދައިދޭނެކަމަށް ބުނި ކަމަށް ދެކެވޭ ވާހަކަ ދޮކުކޮށްފައިކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެ އެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ވެރިކަން ވައްޓާލުމުގެ ޕްލޭނެއް ކުރެވުނުކަން އަނދުން ހުސައިން ވޮޝިންޓަން ޕޯސްޓަށް ކަށަވަރުކޮށްދިން ކަމަށާއި ނަމަވެސް ފައިސާއާ ގުޅޭ ކަންކަން އޭނާވެސް ދޮގުކޮށްފައިވާކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އެއްވެސް ގައުމެއްގެ މާލީ އެހީތެރިކަމަށް އެމްޑީޕީން އެދިފައި ނުވާކަމަށްވެސް އަނދުން ހުސައިން ވަނީ ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދީފަ އެވެ.

ވޮޝިންޓަން ޕޯސްޓުން ވަނީ އެ ނޫހަށް ލިބުނު އެމްޑީޕީގެ އެތެރޭގެ ލިޔުމެއްގައި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް 90 ގޮނޑީގެ ތެރެއިން 45 ގޮނޑި ކާމިޔާބު ކުރެވޭނެކަމަށް ބުނެފައިވާކަމަށް ރިޕޯޓުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ - އިންޑިއާ އެމްޑީޕީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ