އިންތިހާބީ ދާއިރާތަކުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އީސީން ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ލޯކަލް ކައުންސިލް އިންތިހާބަށް ކަނޑައަޅާފައިވާ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓް އާންމުކޮށް، އެ ރިޕޯޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލާފި އެވެ.

މި ވަގުތީ ރިޕޯޓްގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިހާބުގެ ދާއިރާތަކުގެ ސަރަހައްދުތައް ކަނޑައަޅާފައިވާ ގޮތެވެ. މި ރިޕޯޓް ގެޒެޓާއި އީސީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ ފަހު ދުވަހަކީ މިއަންނަ ހޯމަ ދުވަހެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 3:00 އަށެވެ.

ރިޕޯޓްގައި ހިމެނޭ ކަންކަން؛
  1. 2000 އަށްވުރެ ކުޑަ އާބާދީގެ ރަށްރަށަށް، ކައުންސިލަށް 3 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 3 މެންބަރުން.

  2. 2000 އަށްވުރެ ބޮޑު އާބާދީގެ ރަށްރަށަށް، ކައުންސިލަށް 5 މެންބަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެންބަރުން.

  3. އައްޑޫ ސިޓީ ކައުންސިލް އަލުން ކަނޑައެޅުމަށްފަހު، މީދޫ އާއި ހުޅުދޫ ވަނީ ރަށު ކައުންސިލްގެ ގޮތުގައި ވަކިކުރެވިފަ.

  4. ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ: ކައުންސިލަށް އިންތިޚާބުކުރާ ޢަދަދަށް ކޮމިޓީއަށް ވެސް މެންބަރުން އިންތިޚާބުކުރެވޭއިރު، ކޮމިޓީގެ ރައީސް އިންތިޚާބުކުރާނީ މުޅި ސިޓީގެ ރައްޔިތުންގެ ސިއްރު ވޯޓަކުން.

އީސީން ބުނި ގޮތުގައި ހުކުރު ދުވަހު ޝަކުވާ ހުށަހެޅޭނީ މެންދުރުފަހު 3:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ލިޔުމުންނެވެ. ޝަކުވާ ހުށަހެޅުމަށްޓަކައި އެ ކޮމިޝަނުގެ އޮފީހަށް ނުވަތަ އީމެއިލް އެޑްރެސް info@elections.gov.mv އަށް ފޮނުވޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހަޅުއްވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް މަޖުބޫރީކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ލޯކަލް ކައުންސިލް އިންތިހާބު 2026

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ