އެލައިޑް އިންޝުއަރަންސް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ އާއިލީ ހަވީރު، ”އެލައިޑް ފެސްޓް“ގެ މި އަހަރުގެ 4 ވަނަ އެޑިޝަން މިއަދު ފަށައިފި އެވެ.
މާލޭގެ އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ފެށި މި ހަރަކާތަކީ، މަޖާ ގިނަ ކުޅިވަރުތަކެއް އެއްތަނަކުން ކުޅެވޭނެ ގޮތަށް އަދި ގިނަ އިނާމްތަކަކާއެކު ލީ ބާރުވެރިކަމަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެލައިޑުން ވަނީ މިއަހަރު އެ ކުންފުނިން ފާހަގަ ކުރާ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރުގެ އެލައިޑް ފެސްޓް ތަފާތުކޮށްލާފަ އެވެ. އެގޮތުން މާލޭގައި މި ހަރަކާތް ބޭއްވުމުގެ ކުރިން ރާއްޖޭގެ 3 ސިޓީއެއްގައި އެލައިޑުން ވަނީ މި ހަރަކާތް ކުރިއަށް ގެންގޮސްފަ އެވެ. މި އަހަރުގެ ފުރަތަމަ އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށި ސިޓީގަ އެވެ. ދެވަނަ އިވެންޓް ބާއްވާފައި ވަނީ އައްޑޫ ސިޓީގަ އެވެ. އަދި އެންމެ ފަހުން ބޭއްވި އިވެންޓް ބާއްވާފައި ވަނީ ފުވައްމުލައް ސިޓީގަ އެވެ.
މާލޭގެ އާޓިފިޝަލް ބީޗުގައި މިއަދާއި މާދަމާ ކުރިއަށް ދާނީ މިއަހަރުގެ އެލައިޑް ފެސްޓްގެ އެންމެ ފަހުގެ ހަރަކާތްތަކެވެ.
އެލައިޑް ފެސްޓުގެ ތެރެއިން ކުޑަ ކުދިންނަށް އެކި ކަހަލަ މަޖާ ކުޅިވަރުތައް ކުޅެވޭނެ އެވެ. އަދި އެކި ކަހަލަ އިނާމުތައް ހޯދުމުގެ ފުރުސަތުވެސް އޮންނާނެ އެވެ. އެގޮތުން ހުރިހާ ސްޓޯލަކަށް ގޮސް ހުރިހާ ކުޅިވަރެއްގައި ބައިވެރިވުމުންވެސް އިނާމު ލިބޭނެ އެވެ. އަދި ކޮންމެ ދުވަހެއް ނިންމާލުމުގެ ކުރިން ލަކީ ޑްރޯއެއް ނަގާނެ އެވެ.



