އެލައިޑް ފެސްޓް މާލެ އެޑިޝަން، މާދަމާ ހަވީރު އާޓިފިޝަލް ބީޗްގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

”އެލައިޑް ފެސްޓް 2025 – މާލެ އެޑިޝަން“ މާދަމާ ހަވީރު އާޓިފިޝަލް ބީޗްގައި އޮންނާނެކަމަށް އެލައިޑް އިންޝިއުރަންސް އިން ބުނެފި އެވެ.

އެލައިޑުން ބުނި ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލްގެ މަޤްސަދަކީ މުޖުތަމަޢާއި، އާއިލާއާއި، މާލީ ގޮތުން ބާރުވެރިވުމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މި ފެސްޓް އޮންނާނީ 5 އަދި 6 ޑިސެމްބަރ 2025 ގައި، ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށެވެ.

އެލައިޑުން ބުނި ގޮތުގައި މި އަހަރުގެ ފެސްޓް ވަނީ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ އެޑިޝަނެއްގެ ގޮތުގައި އިތުރު ދުވަހަކަށް ދިގުދަންމާލާފަ އެވެ. އަދި މާލެ އެޑިޝަނަކީ، މުޅި ރާއްޖޭގައި ބޭއްވުނު އެލައިޑް ފެސްޓް ސިލްސިލާގެ އެންމެ ފަހު ބާބުކަމަށް އެލައިޑުން ބުންޏެވެ.

އެލައިޑުން މީގެ ކުރިން ވަނީ ތިން ސިޓީއެއްގައި މި ފެސްޓް ކުރިއަށް ގެންގޮސްފަ އެވެ. އެއީ

  • ފުވައްމުލައް ސިޓީ (29 އޮގަސްޓް 2025)
  • ކުޅުދުއްފުށި ސިޓީ (10 މެއި 2025)
  • އައްޑޫ ސިޓީ (20 ޖޫން 2025)

ފުވައްމުލަކު އެޑިޝަނުގައި 3،000 އަށް ވުރެ ގިނަ އާއިލާ ބައިވެރިވިއިރު، ކުރީގެ ހުރިހާ އިވެންޓްތަކަކީ ވެސް އާއިލީ ގުޅުން ބަދަހިކުރުމުގެ އުފާވެރި މުނާސަބަތަކަށް ވެގެންދިޔަ ކަމަށް އެލައިޑް އިންޝުއަރެންސްއިން ބުނެ އެވެ.

އެލައިޑް ފެސްޓް ސިލްސިލާ އަކީ މާލީ ގޮތުން ބާރުވެރިވުމާއި، ފެމިލީ ތަކާފުލް ޕްލޭންތަކާއި، ދިގު މުއްދަތުގެ މާލީ ރައްކާތެރިކަމުގެ މުހިންމުކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން ހިންގާ ހަރަކާތެކެވެ. އެލައިޑްގެ މި އިވެންޓްތައް އިންތިޒާމްކޮށްފައިވަނީ އާއިލާތައް ބައިވެރިކޮށް، ބެލެނިވެރިންނާއި ކުދިންނަށް މާނަވީ އަދި މަޖާ ތަޖުރިބާތަކެއް ލިބިގެންދާނެ ގޮތަށެވެ.

އެލައިޑް ފެސްޓް 2025 – މާލެ އެޑިޝަންގައި:
  • އިންޓަރެކްޓިވް އަދި ކުޑަކުދިންނަށް ޚާއްޞަ ގޭމްތައް
  • ކުޅޭ ސަރަޙައްދުތަކާއި ކްރިއޭޓިވް ކޯނަރުތައް
  • އުފެއްދުންތަކާ ބެހޭ ހޭލުންތެރިކަމުގެ ބޫތުތައް
  • ކުޑަކުދިންނަށް ހަދިޔާ ޕެކް އަދި ޚާއްޞަ ލަކީ ޑްރޯތައް

އެލައިޑުން ބުނި ގޮތުގައި މި ދެ ދުވަހުގެ ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް ޚާއްޞަ ލަކީ ޑްރޯތަކާއި، ހިތްގައިމު އިނާމުތައް ހޯދުމުގެ ފުރުޞަތުތައް ލިބިގެންދާނެ އެވެ.

އެލައިޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ