ބޮޑުތަކުރުފާނު މަގު ފޭސް ދޭއްގެ މަސައްކަތަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޓީސީސީއިން ހުޅުވާލައިފި އެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ.

އެމްޓީސީސީއިން ބުނީ، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އާންމުން ބޭނުންވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް ގެންދިއުމަށް ހިޔާލު ވަރަށް މުހިންމު ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެ އެވެ.

އެ މަޝްރޫއަށް ހިޔާލު ހުށަހެޅުމަށް ހާއްސަ ލިންކެއް އެމްޓީސީސީއިން ވަނީ ތައާރަފްކޮށްފަ އެވެ.

މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުގެ ފޭސް އެކެއް ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެ އެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެ އެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެ އެވެ.

މި މަޝްރޫއުއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ