ލ. ގަމުގައި ހުންނަ ފެނަކައިގެ އިންޖީނުގައި ރޯވެ ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ’ޖަވިޔަނި‘ ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިންޖީނުގޭގައި އަދިވެސް ހުރީ ރޯވެފައި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށެވެ. އަދި ރަށުން ކަރަންޓު ކެނޑިފައިވާކަމަށް ޒަކީ ވިދާޅުވި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ އިންޖީނުގޭގެ ޕެނަލް ބޯޑުގަ އެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.
މިވަގުތު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ސިފައިން އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ.



