ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގެ އެއްގަމާއި ކަނޑުމަތީގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރިއިން ބުނީ، އެމްއެންޑީއެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އަންނަ އާދީއްތައިން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ގްރޭޓާ މާލެ ސަރަހައްދުގެ އެއްގަމާއި، ކަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ވެހިކަލްތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑްގައި ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީއިން ބުނެފައިވެ އެވެ.
ސިފައިން މިފަދަ ތަމްރީނުތަކެއް މިގެ ކުރިންވެސްވަނީ ކުރިޔަށް ގެންގޮސްފަ އެވެ.



