ޑްރަގްގެ ވިޔަފާރިތަކާ ދެކޮޅަށް ރައީސްގެ އަމުރަށް 500 ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އަމުރަކަށް، މަސްތުވާތަކެތީގެ ވިޔަފާރިތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފިއެވެ.

މި އޮޕަރޭޝަންގައި އެއްފަހަރާ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރަމުންދާ އިރު، 500 އަށްވުރެ ގިނަ ފުލުހުން މި މަސައްކަތުގައި ބައިވެރިވެ އެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ”ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން،“ ރައީސް ވިދާޅުވި އެވެ.

މިގޮތުން ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ. އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭ މި އޮޕަރޭޝަނަކީ، މަސްތުވާތަކެތީގެ ވިޔަފާރީގެ ނެޓްވޯކްތައް ރޫޅާލުމަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންއާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގަ ބުނީ ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި ފުލުހުން މަސްތުވާތަކެތީގެ ވިޔަފާރިތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންއަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ފުލުހުން ހާމަކުރާ ގޮތުގައި، ”އޮޕަރޭޝަން އަލިމަގު“ އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ