ފާއިތުވި ދެ އަހަރު އަޕަރ ނޯތް ޕޮލިސް ޑިވިޝަންއަށް 1700 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަޕަރ ނޯތް ޕޮލިސް ޑިވިޝަން ސަރަހައްދަށް 1700 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައި ވަނީ، އަޕަރ ނޯތު ރީޖަން ޕޮލިސް ޑިވިޝަނުން ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރެއްވުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނޯތް ޕޮލިސް ޑިވިޝަންގެ ރީޖަން ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އިބްރާހިމް ޒުހުރީ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ރީޖަންގެ މަރުކަޒުތަކަށް ޖުމްލަ 1797 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން މިހާތަނަށް 292 މައްސަލަ ފައިލްކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން 91 މައްސަލައިގެ ތަހުގީގު އެއްކޮށް ނިމި ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ޒުހުރީ ވިދާޅުވި އެވެ. އަދި މި މައްސަލަތަކުގެ ތެރެއިން 458 މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެހެން ރީޖަންތަކެކޭ އެއްގޮތަށް ނޯތު ރީޖަންގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ހަރުދަނާ ފިޔަަވަޅުތަކެެއް އަޅާފައިވާކަން ޒުހުރީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތައް ދެނެގަތުމަށް އެކި ދުވަސްވަރު ތަފާތު އެކި އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށާއި، މީގެ ތެރެއިން ގިނަ އޮޕަރޭޝަންތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ޒުހުރީ ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ