ކުރިކީލަ ރިޒާ އަވަހާރަވުމުން، ރައީސްގެ ތައުޒިޔާ އާއިލާއަށް

Advertisement

އެންމެ ފަސް

Advertisement

ހ. ނޫކުރިކީލަ، އަހްމަދު ރިޟާ (ކުރިކީލަ ރިޒާ) އަވަހާރަވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ދަންނަވައިފި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިކީލަ ރިޒާ އަކީ ޝަރުއީ ދާއިރާ، އަދި ސަރުކާރުގައި ގިނަ ދުވަސްތަކަކު ޚިދުމަތް ކުރައްވާފައިވާ، އަދި އިޖްތިމާއީ ކަންކަމުގައިވެސް އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތެއް ކަމަށެވެ.

ކުރިކީލަ ރިޒާ އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ދަންނަވާފަ އެވެ.

”މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލައްވާށި. އާމީން“

ކުރިކީލަ ރިޒާ އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރެވެ.

މަރުހޫމްގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު ފުރްޤާން މިސްކިތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ