ދ. މީދޫގައި މިފްކޯއިން ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ހުޅުވައިފި އެވެ.
މީދޫގައި ގާއިމްކުރި އައިސް ޕްލާންޓް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) ފަރުހަތު ޝަހީރު، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޙް މުޙައްމަދު ލަޠީފް އަދި މީދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. އެގޮތުން، މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ސަރުކަރުން 11 ރަށެއްގައި އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ) އާއެވެ. އެގޮތުން، ދ. މީދޫގައި އައިސްޕްލާންޓު އެޅުމަށް މިފްކޯއާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
މި މަޝްރޫޢުގެ ދަށުން މީދޫގައި ޤާއިމްކުރި އައިސްޕްލާންޓަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ ޕްލާންޓެކެވެ.
މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ދ. މީދޫ
