ކައުންސިލްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ސިވިލް ސާވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ނޮވެންބަރު މަހުގެ މުސާރަ ލިބޭ އިރު ބަދަލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ދަށް ގްރޭޑެއްގައި ގިންތިކޮށްފައި ތިބޭ މުވައްޒަފުންތަކެއް ކަމަށާއި އަދި އެއީވެސް ހަމަ ރެޔާ ދުވާލު މަސައްކަތްކުރަންޖެހޭ ބައެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލް މުވައްޒަފުން ގްރޭޑްކޮށްފައިވަނީ ހަތަރު ވަނަ ގްރޭޑްކައި ކަމަށާއި މި ގްރޭޑުން ތިންވަނަ ގްރޭޑަށް ގެންދިއުމަށް ވާހަކަ ކުރީ ސަރުކާރުގައި ދެކެވުނު ކަމަށެވެ. ނަމަވެސް ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ބަދަލު ކުރުމަށް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
”އަޅުގަނޑުމެން މި ނިންމާފައި މިހާރު މިއޮތީ، ނޮވެންބަރު އެކެއް އިން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭހަރމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު، ކައުންސިލް މުވައްޒަފުންގައިވެސް ޕޭހަރމަނައިޒް ވާއިރުގައި، ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ހަތަރަކުން އެކަކަށް. އެއް ގިންތިއަކަށް ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންވެސް ގެންދިޔުމަށް“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ކައުންސިލް މުވައްޒަފުންނަށް ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ އެ ގޮތަށް ގިންތި ބަދަލުކުރެވި މުސާރަ ބޮޑުކުރެވިގެންކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ގެ ވައުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޅ. ކުރެންދޫ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)



