ކާޑެއްދޫ އެއާޕޯޓް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާތަކެއް އެބަ ކުރަިއަށްދޭ: މިނިސްޓަރ އަމީން

Advertisement

Advertisement

އެންމެ ފަސް

Advertisement

ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށް މަރުހަލާތަކެއް ކުރިއަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ކުރެއްވި ސުވާލަކީ ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރެއްވުމުގެ ޕްލޭނަކީ ކޮބައިތޯ އަދި އެ އެއާޕޯޓާއި ގުޅޭ ކަންބޮޑުވުންތަކެއް އެ ސަރަހައްދުގެ ރައްޔިތުންގެ އެބަހުރި ކަމަށެވެ.

މެންބަރުގެ މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓަކީ ވަކި ފަރާތަކާއިއެކު ތަފާތު މަރުހަލާތަކުގައި ގިނަ ގުނަ މައްސަލަތަކެއް ދިމާވި އަދި އެންމެ ފަހުން ސްޕްރީމް ކޯޓުގެ ހުކުމަކާއި އެކު ހަވާލުކޮށްފައިވާ އެހެން ކުންފުންޏެއްގެ ދަށުގައި ހިނގަމުންދާ އެއާޕޯޓެއް ކަމަށެވެ.

”އެ އެއާޕޯޓް ސަރުކާރުން ތަރައްގީކުރުމަށް މިހާރު އަޅުގަނޑުމެން ހަވާލުވުމަށްޓަކައި މި އެއަރޕޯޓް ހަވާލު ކުރެވިފައިވާ ފަރާތާއިއެކީގައި ސަރުކާރަށް އަނބުރައި އެއަރޕޯޓް ބަދަލު ކުރެވޭތޯ ނުވަތަ ބަދަލު ކުރެވުމުގެ މަރުހަލާގައި މަސައްކަތްތަކެއް މިވަގުތު އެބަ ކުރިޔަށްދޭ.“

ކާޑެއްދޫ އެއާޕޯޓް ހިންގަމުންދަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކުންފުނި ވިލާ އެއާއިނުންނެވެ. މީގެ ކުރިން ވެސް އެ އެއާޕޯޓް ވަނީ ވިލާގެ އަތުން ސަރުކާރުން އަތުލާފަ އެވެ. އެ އެއާޕޯޓް އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.

ކާޑެއްދޫ އެއަރޕޯޓް ސަރުކާރުން އެތުލި މައްސަލައިގައި ވިލާއިން ކޯޓަށް ދިޔަ އެވެ. އެ މައްސަލައިގައި ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

މިނިސްޓަރު މުހައްމަދު އަމީން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ