ނޫމަރާ ބަނދަރުގެ މަޝްރޫއަށް ރައްޔިތުން އެދޭ ބަދަލުތައް ގެނެސް ކުރިއަށް ގެންދާނަން: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

ށ. ނޫމަރާ ބަނދަރުގެ މަޝްރޫއަށް ރައްޔިތުން އެދޭ ބަދަލުތައް ގެނެސް ކުރިއަށް ގެންގޮސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޫމަރާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުން މުހިންމު ކަމަށާއި އެ މަޝްރޫ ކުރިއަށް ގެންދާނީ ރައްޔިތުން އެދިވަޑައިގަންނަވާ ކަންކަން ހިމަނައިގެން ކަމަށެވެ.

”ރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމުގެ މަތިން ނޫނީ ބޭނުންވާ ކަންކަން އޭގެތެރޭގަ ހިމެނޭ ގޮތަށް ގެންދާނީ. މި ދެންނެވީ ދޯނި އެހެލާ ތަނެއް ބަނދަރު ހެދިގެންދާއިރު ޑިޒައިނަށް ބަދަލު ގެނެސް އިތުރުކޮށްދޭނަން. އަދި އޭގެ އިތުރަށް މޫދަށް އެރެވޭނެ ގޮތަށް މޫދަށް އެރެވޭނެ ސަރަހައްދެއް ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ ބަނދަރުގެ މަޝްރޫއު ހަމަޖެހިގެންދާނެ.“ ރައީސް މުއިއްޒު ވިދާޅިވި އެވެ.

މިގޮތަށް މި މަޝްރޫއަށް ބަދަލު ގެނައުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އަށް ދަންނަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން ކަންކަމަށް އަލިއަޅުއްވާލައްވައި ވިދާޅުވީ އެ ރަށުގައި ލެބޯރެޓްރީ ގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށިގެންދާނެ ކަމަށެވެ. އަދި އެ ރަށަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގެ ތެރެއިން މި ހިދުމަތް ގާއިމްކުރުމަށް ބޭނުންވާ އިމާރާތެއް ނުވަތަ ޖާގައެއް ހުރި ކަން އެނގި ވަޑައިގެންނެވި ކަމަށާއި މި ހިދުމަތް ގާއިމްކުރުމަށް ދެން ބޭނުންވާނީ ވަސީލަތްތަކާއި މުވައްޒަފުން ތަމްރީނުކުރުން ކަން ފާހަގަކުރެއްވި އެވެ.

”މިރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ލެބޯރެޓޮރީގެ ހިދުމަތް ހަމަ މި ރަށުގައި ޓެސްޓުތައް ހެދޭނެ ގޮތް އަޅުގަނޑުމެން ކަނޑައަޅައިދޭނަން، ހަމަޖައްސައިދޭނަން. މާ ގިނަ ދުވަސްތަކެއް ނުވާނެ. އެހެން ރަށަކަށް ބޭސިކް ޓެސްޓުތައް ހަދަން ފޮނުވަން ޖެހޭ ޖެހުން ނިމުމަކަށް ގެނެސްދޭނަން. މި ރަށުގެ ހެލްތު ސެންޓަރުގައި ލެބޯރެޓޮރީގެ ހިދުމަތް ތަކެތީގެ ގޮތުންނާއި މުވައްޒަފުންގެ ގޮތުން ހަމަޖައްސައިދޭނަން.“ ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ތެރޭ ހިމަނައިގެން އެ ރަށުގައި ވޮލީ ކޯޓަކާއި ފުޓުބޯޅަ ދަނޑެއްގެ އިތުރުން ސުކޫލުގައި މަލްޓި ޕާޕަސް ހޯލް އެއް އިމާރާތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ސީދާ އަންނަ އަހަރު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުނުވި ކަމުގައި ވީނަމަވެސް ވީހައިވެސް އަވަހަށް އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ށ. ނޫމަރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ