ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް ހުޅުވައިދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ށ. ނޫމަރާގައި ގާއިމްކޮށްފައިވާ ކައުންސިލް އިދާރާގެ އާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.

މި އިމާރާތް ހުޅުވައިދެއްވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި އިމާރާތަކީ ބާވެފައިވާ ކައުންސިލް އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތްތައް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިމާރާތްކޮށްފައިވާ އިމާރާތެކެވެ. މި އިމާރާތް ހުޅުވުމާއެކު، އެ ރަށުގައި އިތުރު ތިން މުހިންމު މަޝްރޫއެއްގެ އަމަލީ މަސައްކަތްވެސް ފަށާފައިވެއެވެ.

300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރަން ފަށައިފި

މިސްކިތުގެ ބިންގާ އެޅުމުގެ ތެރެއިން

ނޫމަރާގައި ގާއިމްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތުގައި ޒަމާނީ ފެންވަރުގެ ލައިބްރަރީއަކާއި ކުލާސްރޫމް ހިމެނޭނެ އެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހާއި ނޫމަރާ ކައުންސިލްގެ ރައީސް އަލީ ރަބީއު ބައިވެރިވެވަޑައިގެންނެވި އެވެ.

ފިޓްނަސް ސެންޓަރާއި ފުލުހުންގެ މަރުކަޒުގެ މަސައްކަތްވެސް ފަށައިފި

ފިޓްނެސް ސެންޓަރުގެ ބިންގާއެޅުން

އެ ރަށުގައި ގާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ. ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުތަކުގެ އިތުރުން، ދަތުރުފުޅުގެ ތެރޭގައި ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، މުވައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އިސްވެރިން މަޢުލޫމާތު ދެއްވާފައިވެ އެވެ.

ށ. ނޫމަރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ