ށ. އަތޮޅަށް ރައީސް ވަޑައިގަންނަވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށްކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ށ. އަތޮޅޫގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ށ. ނޫމަރާއަށެވެ. އެ ރަށުން ރައީސް މުއިއްޒުއަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.

މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ އަތޮޅުގެ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.

ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން ރައްޔިތުންނާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އަދި ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ފެއްޓެވުމަށްވެސް ހަމަޖެހިފައިވެ އެވެ.

މިނިސްޓަރުންނާ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ