ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނާ ވާހަކައަކީ ދޮގެއް: ފުލުހުން

Advertisement

އެންމެ ފަސް

Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި އޮތް ފޯނަކުން ފޮޓޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ވާހަކައެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ތަހުގީގުތަކާ ގުޅިގެން އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެވޭ ހެކިތައް، ޑިޖިޓަލް ވަސީލަތްތައް ހިމެނޭ ގޮތުން، ބަލަހައްޓަމުން ގެންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ. އަދި މި އުސޫލުތަކުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރު ކުރެވިފައިކަމަށް ފުލުހުން ބުނެ އެވެ.

”ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ،“ ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެ މުއައްސަސާގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެންނެވެ. އަދި އެ ޚިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަން ދެވޭ ކަންކަން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މި ބަޔާން ނެރެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އިދިކޮޅު އެކްޓިވިސްޓް އާއިޝަތް ޝިމަން އަހުމަދުގެ ފޯނުން ފޮޓޯއެއް ލީކުވެފައިވާކަމަށް ބުނެ ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ. އެ ފޯނު ހިފަހައްޓާފައިވަނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ޝިމަން ބޭނުންކުރާ ކަމަށް ބެލެވޭ އެކައުންޓަކުން ރައީސް މުއިއްޒު އަވަހާރަކޮށްލަންޖެހޭފަދަ މޭރުމަކުން ކޮމެންޓް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ