މާމިގިއްޔަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ލާމަސީލު ކާމިޔާބީއެއް ހޯދާފައިވާ ރަށެއް: ރައީސް މުއިއްޒު

Advertisement

Advertisement

އެންމެ ފަސް

Advertisement

އދ. މާމިގިއްޔަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ލާމަސީލު ކާމިޔާބީއެއް ހޯދާފައިވާ ރަށެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލި ރައްޔިތުންނާ ބައްދަލު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.

މާމިގިލީ ބަނދަރު ސަރަޙައްދުގައި ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، މާމިގިއްޔަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ލާމަސީލު ކާމިޔާބީއެއް ހޯދާފައިވާ ރަށެއްކަމަށާއި މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރެވިގެން ދިޔުމަކީ އެފަދަ އާބާދީއަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފަ އެވެ. މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އިތުރު މަޝްރޫޢުތަކެއް ކުރިއަށްގެންދެވޭނެ ކަމަށެވެ. އެގޮތުން މާމިގިލި ސްކޫލު ތަރައްގީކުރުމުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމާލެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާމިގިލީގެ ތަރައްގީއަށް ގިނަ މަޝްރޫތަކެއް ކުރިއަށްދާނެކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން 30 އެނދުގެ ހޮސްޕިޓަލެއް އަދި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި، މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މި އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަށުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށާއި، ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރެވި، މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމުކުރެވި، ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާމިގިލި

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ