މޫސުމީ ބަދަލުތަކަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ގޮންޖެހުމެއް: މިނިސްޓަރު ޠާރިޤު

Advertisement

Advertisement

އެންމެ ފަސް

Advertisement

މޫސުމީ ބަދަލުތަކަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ހުރި ގޮންޖެހުމެއް ކަމަށް އެންވާރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގެ އިންޓަރެކްޓިވް ޑައިލޮގް – ”މޭކިންގް ކްލައިމެޓް ފައިނޭންސް ވޯރކް ފޮރ ސިޑްސް: ބިލްޑިންގް އޮން ދަ އައުޓްކަމްސް އޮފް ކޮޕް28“ – ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ ވާހަކަފުޅު ދައްކަވަމުން ނެެވެ.

މި އިވެންޓުގެ މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުގައި މާލީ އެހީތެރިކަން ދެމެހެއްޓެނިވި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމުގެ މަސައްކަތް ގައުމުތަކުން ކުރިއަށް ގެންދިޔުމެވެ.

އިންޓަރެކްޓިވް ޑައިލޮގުގައި މިނިސްޓަރ ޠާރިޤު ވިދާޅުވެފައިވަނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް، އެ ގައުމުތަކުން ކުރިމަތިލަމުން އަންނަ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަ ކުރުމުގައި، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި، މަލްޓިލޭޓަރަލް ފަންޑު ހޯދުމަށް ދިމާވާ ގޮންޖެހުންތަކަށް އަލި އަޅުވާލަމުން، މިނިސްޓަރ ވިދާޅުވެފައިވަނީ މިފަދަ ވަސީލަތްތައް ބޭނުންވާ ވަރަށް ލިބެން ނެތްކަމަށާއި، ލިބެން ހުރި މަދު ވަސީލަތްތައް ހޯދުމަށް ދަތިތައް ކުރިމަތިވާ ކަމަށެވެ. ހަމައެއާއެކު، ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައި މާލީ އެހީ ވަގުތުން ލިބޭނެގޮތް ހޯދުމަށްޓަކައި މިހާރަށްވުރެ ވަރުގަދަ އުސޫލުތަކެއް އެކުލަވާލުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.

މީގެ އިތުރުން، މި މައްސަލަތަކުގެ މައުލޫމާތު ފޯރުކޮށްދީ އަހުލުވެރިކުރުވުމަށް ޕިއަރ-ޓު-ޕިއަރ ލަރނިންގް އާއި ގާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގުރާމްތައް ހިންގުމަކީ ކުދި ޖަޒީރާ ގައުމުތަކުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލިބިގެންދާނެ ފަސޭހައެއް ކަމުގައި މިނިސްޓަރ ޠާރިޤު ވިދާޅުވި އެވެ. މީގެ ސަބަބުން އުސޫލުތައް ހެދުމުގައާއި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ބައިނަލްއަގުވާމީ ފަރާތްތައް އިތުރުވެގެން ދާނެ ކަމުގައި  .

މިނިސްޓަރގެ ވާހަކަފުޅު ނިންމާލެއްވީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތަކަކީ ކުދި ޖަޒީރާ ގައުމުތައް ކުރިއަރުވާ ތަރައްގީ ކުރުމުގައި ދިމާވާ ބޮޑު ގޮންޖެހުމެއް ކަމުގައި ދެނެގަނެ މި ކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގައި ގައުމުތައް އެކުގައި މަސައްކަތް ކުރުމަށް ބާރު އަޅުއްވަމުން ނެވެ.

 

 

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ