މީޑިއާތަކުގެ ކަންބޮޑުވުންއޮތް މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފި އެވެ.

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ މީޑިއާ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ ބިލަށް ބައެއް އިސްލާހުތައް ހުށަހަޅުއްވާފަ އެވެ. މި އިސްލާހުތަކުގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހަށް ބިލަށް ހުށަހެޅި ބައެއް އިސްލާހުތައްވެސް ހިމެނެ އެވެ.

މި ބިލްގެ މަސައްކަތް ނިންމާ ކޮމިޓީން ބިލަަށް ވޯޓަށް އެހުމުން ކޮމިޓީ ބައްދަލުވުން އަޑުއެހުމެއް ވަދެތިބި ނޫސްވެރިންނާއި ބައެއް އާންމުން ވަނީ ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެހެންކަމުން ކޮމިޓީ ބައްދަލުވުން އިރުކޮޅަކަށް މެދުކަނޑާލި އެވެ.

ކޮމިޓީގެ ބައްދަލުވުން ދެން ކުރިއަށްގެންދިޔައިރު ކޮމިޓީ ރޫމްއަށް މީޑިއާތައް އަދި އާންމުން ވައްދާފައެއް ނުވެ އެވެ. ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީޣެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވީ ބިލު ފާސްކުރުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީ މެންބަރުންގެ އިއްތިފާގުން ބިލު ފާސްވީ ކަމަށްވަނީ ކަނޑައަޅާފަ އެވެ.

މި ބިލަށް ޚިޔާލު ހޯދުމަށް މީޑިއާތަކާއި ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާވެސް ބައްދަލުކޮށްފައިވެ އެވެ. މީޑިއާތަކުން އަދި މީޑިއާ ކައުންސިލުންވަނީ މި ބިލް ބޭރުކޮށްލުމަށް ގޮވާލާފަ އެވެ.

މީގެއިތުރުން މި ބިލް ބޭރުކޮށްލުމަށް ގޮވާލާ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެސްވެސް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ