ސީއެސްސީ އަދި އެޗްއާރްސީއެމްގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް، ނައިބު ރައީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ނަންތަކަށް މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސީއެސްސީގެ ރައީސް، ނައިބު ރައިސް އަދި އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާފަ އެވެ. ކޮމިޓީން އެ ބޭފުޅުންނަށް ރުހުން ދޭން ނިންމުމުން މިއަދުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންނަށް ރުހުންދޭން ފެނޭތޯ ވޯޓަށް އަހާފަ އެވެ.

އެގޮތުން ސީއެސްސީގެ ރައީސްގެ މަގާމަށް މުހައްމަދު މުޖްތާޒް އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް މުހައްމަދު ނާސިހް އައްޔަނުކުރަން ފާސްކޮށްފައިވަނީ 64 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެއް މެންބަރެކެވެ. އަދި އެޗްއާރްސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުހައްމަދު ޝަފީގް މަހުމޫދު އައްޔަނުކުރަން ފެންނަ ކަމަށް 67 މެންބަރުން ވޯޓު ދެއްވިއިރު، އެކަމާ ދެކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ، މުހައްމަދު މުޖްތާޒް، ފާތިމަތު ހަބީބާ، މުހައްމަދު ނާސިހް، ޑރ. ދީބާ މޫސާ އަދި ޑރ. ހުސައިން ފާއިޒް އެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ، މެންބަރު ސަމާއު އަހްމަދު ނަޖީބް، މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހްމާން، މެންބަރު އަހްމަދު މަޤުސޫމް އަދި މުހައްމަދު ޝަފީގް މަހުމޫދު އެވެ.

ރައްޔިތުންގެ މަޖިލިސް ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީއެސްސީ) އެޗްއާރްސީއެމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ