ސީއެސްސީގެ ރައީސްއަކަށް މުޖްތާޒް އަދި ނައިބު ރައީސްއަކަށް ނާސިހް

Advertisement

އެންމެ ފަސް

Advertisement

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަދި ނައިބު ރައީސް ކަމަށް ބޭފުޅުން އައްޔަނު ކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ މަޖިލީހުގައި އިއްވާފަ އެވެ.

އެގޮތުން ސީއެސްސީގެ ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވަނީ މުހައްމަދު މުޖްތާޒްގެ ނަމެވެ. އަދި ސީއެސްސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވަނީ އެ ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހްގެ ނަމެވެ. އެހެންކަމުން މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ސީއެސްސީގެ ރައީސްގެ މަގާމަށް އައްޔަނު ކުރުމަށް ފޮނުވާފައިވާ މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި މުޖްތާޒް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަޤާމުތައް ފުރުއްވާފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުގައި މިހާރު ތިއްބަވަނީ، މުހައްމަދު މުޖްތާޒް، ފާތިމަތު ހަބީބާ، މުހައްމަދު ނާސިހް، ޑރ. ދީބާ މޫސާ އަދި ޑރ. ހުސައިން ފާއިޒް އެވެ.

ރައްޔިތުންގެ މަޖިލިސް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ