ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު މިއަދު ހުޅުވާލައިފި

Advertisement

އެންމެ ފަސް

Advertisement

ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު މިއަދު، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އިން ހުޅުވާލައިފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ. އަދި މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް މި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް އަންނަންޖެހޭ ތާރީޚާއި ގަޑި އެންގުމަށްޓަކައި މިނިސްޓްރީން އެ ފަރާތްތަކަށް ގުޅާނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ނޮޅިވަރަންފަރުގައި ޖުމްލަ 100 ހައުސިން ޔުނިޓް ވަނީ އިމާރާތްކޮށްފައެވެ. މި ހައުސިން ޔުނިޓްތައް މިހާރު ވަނީ އެ ރަށުގެ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައިވަނީ ނޮޅިވަރަންފަރުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ހދ. ނޮޅިވަރަންފަރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ