ހއ. ތުރާކުނުގައި އަޅަމުންދާ 300 މީހުންގެ ކެޕޭސިޓީގެ މިސްކިތުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެމުން ބުނެފައިވަނީ، މި މަޝްރޫއުގެ ދަށުން މިވަގުތު މިސްކިތުގެ މުންނާރުގެ ބިންގާ އެޅުމުގެ މަސައްކަތާއި، ރޭނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް މި މަޝްރޫއުގެ 25 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
10 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
ތުރާކުނުގައި މިހާރު ހުރި މިސްކިތަށްވުރެ މާ ބޮޑު މިސްކިތެއް އެޅުމަކީ އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ. މި މިސްކިތް ނިމުމުން އެރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އަޅުކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ތުރާކުނު
