ކެރަންޑޫގެ ބޮޑީބޯޑިން ކެޓަގަރީގެ ޗެމްޕިއަންކަން ޖާއްޓެ އަށް

Advertisement

އެންމެ ފަސް

Advertisement

ދިވެހި ސާފް ލީގުގެ ”ކެރަންޑޫ“ އިވެންޓްގެ ބޮޑީބޯޑިން ކެޓެގަރީގެ ޗެމްޕިއަންކަން އަލީ ޖާވިދު (ޖާއްޓެ) ހޯދައިފި އެވެ.

ދިވެހި ސާފް ލީގުގެ އިވެންޓެއްގައި މުޅިން އަލަށް ބޮޑީބޯޑިން ކެޓެގަރީ ހިމަނާފައިވާއިރު، ޖާއްޓެ ވަނީ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދާފަ އެވެ.

ބޮޑީބޯޑިން ކެޓެގަރީގެ ސެމީ ފައިނަލް އާއި ފައިނަލްގެ ހީޓުތައް ކުރިޔަށް ގެންގޮސްފައިވަނީ މިއަދު އެވެ. ޖާއްޓެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު ކައިފް ބަލިކުރުމަށްފަހު އެވެ.

މުބާރާތުގެ ފައިނަލަށް ޖާއްޓެ ދަތުރުކުރީ ސެމީގައި 0.33 ޕޮއިންޓުގެ ފަރަގަކުން އާމިން އުމަރު މޫސާ ބަލިކުރުމަށްފަހު އެވެ. އަދި ކައިފް ވަނީ ސެމީގައި 0.01 ޕޮއިންޓުގެ ފަރަގަކުން އަސްވާން މުހައްމަދު (ދޫނި) ބަލިކޮށްފަ އެވެ.

މިއަދު ކުރިޔަށްދިޔަ ފައިނަލުގައި ޖާއްޓެ ވަނީ 12.37 ޕޮއިންޓު ހޯދާފައެވެ. ކައިފް އަށް ލިބުނީ 11.67 ޕޮއިންޓެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން މުޅިން އަލަށް ބޭއްވި ”ކެރަންޑޫ“ އިވެންޓުގެ ބޮޑީބޯޑިން ކެޓެގަރީގައި ޖުމްލަ 10 އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.

ކެރަންޑޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ