އޮގަސްޓް މަހު ހުއްޓުވި 5،800 އަށްވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް އޮތް: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮގަސްޓް މަހު މާލެ އާއި ވިލިމާލެ މަގުމަތިން ހުއްޓުވައި، ސުވާލުކުރި 5،800 އަށްވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑް އޮތް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ މަހު މާލެ ސަރަހައްދުގައި ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް ހަ ޕޮއިންޓް ބަހައްޓައިގެން ހަރަކާތްތައް ބެލިއިރު، 127 ވެހިކަލް ޗެކްޕޮއިންޓް ބަހައްޓައިގެން ބަލާފައިވެ އެވެ. އަދި މިދިޔަ މަހު 26،674 ތަނެއްގެ ލޮކޭޝަން ޗެކްކުރިއިރު، 999 ގަޑިއިރާއި އެއް މިނެޓް ވަންދެން ފުޓް ޕެޓްރޯލްކޮށްފައިވެ އެވެ.

އެގޮތުން، ހުއްޓުވައި ސުވާލު ކުރި މީހުންގެ އަދަދު 5،581 އަށް އަރާއިރު، އޭގެ ތެރެއިން 5،373 މީހެއްގެ ކުށުގެ ރެކޯޑް އޮތް ކަމަށާއި ކުށުގެ ރެކޯޑް ނެތީ 208 މީހެއްގެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިދިޔަ މަހު ވިލިމާލެ ސަރަހައްދުގައި ހަތް ވެހިކަލް ޗެކްޕޮއިންޓް ބަހައްޓައިގެން ބަލާފައިވެ އެވެ. އަދި މިދިޔަ މަހު 8،760 ތަނެއްގެ ލޮކޭޝަން ޗެކްކުރިއިރު، 556 ގަޑިއިރާއި 64 މިނެޓް ވަންދެން ފުޓް ޕެޓްރޯލްކޮށްފައިވެ އެވެ.

ހުއްޓުވައި ސުވާލު ކުރި މީހުންގެ އަދަދު 5،30 އަށް އަރާއިރު، އޭގެ ތެރެއިން 458 މީހެއްގެ ކުށުގެ ރެކޯޑް އޮތެވެ. އަދި ކުށުގެ ރެކޯޑް ނެތީ 72 މީހެއްގެ އެވެ.

މީގެ އިތުރުން، ރިކަވާ ކުރި މުދަތުގެ ތަފްސީލަށް ބަލާއިރު، 90 ސައިކަލާއި، 19 ފޯނާއި، 4 އިލެކްޓްރޯނިކް ސާމާނުގެ އިތުރުން، 40 މައްސަލައެއްގައި ހިމެނޭ 329،530ރ. ހޯދާފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ