ތިލަފުށީގައި މަސައްކަތު މީހެއްގެ ގައިމަތިން ލޮރީއެއްގޮސް، ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

Advertisement

އެންމެ ފަސް

Advertisement

ކ. ތިލަފުށީގައި އެކްސްކަވޭޓަރެއް ކައިރީގައި މަސައްކަތްކުރަމުންދިޔަ މީހެއްގެ ގައިގައި ލޮރީއަކުން ޖެހި، އެމީހާގެ ގައިމަތިން ލޮރީ ގޮސް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:15 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާއަށް ފަރުވާދެމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

އެމީހާއަށް ސީރިއަސް އަނިޔާތަކެއްވެފަވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ލޮރީ ދުއްވި ފަރާތް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި ލޮރީވެސް ވަނީ ޓޯކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފަރާތަކީ 28 އަހަރުގެ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަދުރައި އެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ