ނޮޅިވަރަންފަރު ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ދީފި

Advertisement

އެންމެ ފަސް

Advertisement

ހދ. ނޮޅިވަރަންފަރުން ދޫކުރާ 100 ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފަހު ފުރުސަތު ހައުސިން މިިނިސްޓްރީން ދީފި އެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ނޮޅިވަރަންފަރުން ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެ ރަށުގައި މިނިސްޓްރީން ކުރިއަށް ގެންދިޔަ ނަމަވެސް، އަދިވެސް ބައެއް މީހުން އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ކަމަށެވެ.

މިހާތަނަށް އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ މީހުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިންތިޒާމް އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އަށް މާލޭ، މިނިސްޓްރީ ކުރިއަށް ގެންދާ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން އެ ތާރީހުތަކަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މިނިސްޓްރީން ފްލެޓް ލިބުނު މީހުންނަށް ގުޅާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އާރުސީސީއާ ހަވާލުކޮށްގެން ނޮޅިވަރަންފަރުގައި އިމާރާތްކޮށް ނިމިފައިވާ 100 ފްލެޓް މިހާރު ވަނީ އެ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

ހދ. ނޮޅިވަރަންފަރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ